ޕާކިސްތާން ޑްރާމާ ސިލްސިލާ “ވަބާލް” މިހިނގާ ސެޕްޓެމްބަރު މަހުގެ 3 ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
ޝައުޤުވެރި ޓްރެއިލާތަކެއްވެސް ދައްކާލާފައިވާ “ވަބާލް” ގައި ކިޔައިދޭނީ ފޮނި ހުވަފެންތަކެއް ދެކޭ ހީވާގި ޒުވާން އަންހެންކުއްޖެއްގެ ވާހަކައެވެ. ދަތި އުނދަގޫތަކާ އެކުވެސް އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހަދަން ކުރާ ބުރަ މަސައްކަތް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.
ތަލްހާ ޗާހޫރް، ސާރާ ޚާން އަދި މީރަބް ޢަލީ އިސް ރޯލުތަކުން ފެނިގެންދާ “ވަބާލް” ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝަގުފްތާ އިޖާޒް، ތާރާ މަހްމާދު ހިމެނެއެވެ.
ޤައިސަރާ ހަޔާތު ލިޔެ، އަމިން އިޤްބާލް ޑައިރެކްޓްކޮށްފައިވާ “ވަބާލް” ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.
3 ސެޕްޓެމްބަރުގައި ހަމް ޓީވީއިން “ވަބާލް” ދައްކަން ފަށާއިރު، ޑްރާމާގެ އާ އެޕިސޯޑްތައް ގެނެސްދިނުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. އަދި މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް “ވަބާލް” ގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
