މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމެއް އުފައްދަން ނިންމިކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިޢުލާނުކުރީ މީގެ 11 މަސް ކުރިންނެވެ. މިއީ ރާއްޖޭގައި ހަދާ އެންމެ ވަރުގަދަ އެއް އާޓް ފިލްމަށް ވެގެންދާއިރު، ފިލްމަށްޓަކައި އެތަކެއް ދިރާސާތަކަކާއި މަސައްކަތްތަކެއް ކުރާނެކަން ގައިމެވެ. މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން މި ފިލްމަށްޓަކައި އިހުޒަމާން ދައްކުވައިދޭ ވަރުގަދަ ސެޓެއް ކ. ކާށިދޫގައި ތައްޔާރުކުރުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން އެ ޒަމާނުގައި ލައި އުޅުނު އަންނައުނު ތައްޔާރުކުރުމާއި އެ ޒަމާނުގައި ހިފާގެންގުޅޭ ސާމާނުތައް ވެސް ތައްޔާރުކުރުމަށް ނިންމާފައިވެ އެވެ.
ފިލްމަށް ސެޓެއް ހަދަމުން އަންނަކަމާ ހެދުން ފަހަމުން އަންނަކަމުގެ މަޢުލޫމާތެއް މުނިއަވަސް އަށް ލިބުމާއި ގުޅިގެން ހޯމް މިނިސްޓްރީގެ ބަހެއް ހޯދައިލުމުން އެ މިނިސްޓްރީން ވިދާޅުވީ އަދި އެ ހިސާބަށް ނުދާ ކަމަށެވެ. މާނައަކީ ފިލްމަށް ބޭނުންކުރާނެ ސެޓް ތައްޔާރުކުރުމާއި އަންނައުނު ފެހުމުގެ މަސައްކަތް އަދި ފަށާފައި ނުވާ ކަމެވެ.
މި ދިޔަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ އުތީމުގައި ބޭއްވި ޖަލްސާގައި “ބޮޑުތަކުރުފާނު” ފިލްމު ހަދަން ނިންމާފައިވާކަން ހޯމް މިނިސްޓްރީން ހާމަކުރެއްވިއެވެ. މި އަހަރު ޤައުމީ ދުވަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވި އެވެ.
މިފިލްމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވީ އަޅުގަނޑުމެން މިއަދު މިއިފްތިތާހުކުރި ބޮޑުތަކުރުފާނު ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ޤުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެޖިހާދު ގެނެސްދިނުމަށްޓަކައި ފެށި ވަރަށްބޮޑު ޕްރޮޖެކްޓެއްކަމަށެވެ. މިއީ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ, މިމަސައްކަތުގައި ފުރިހަމަ އެއްބާރުލުމަށް މިނިސްޓަރ އެދިވަޑައިެގންނެވިއެވެ.
“އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރުހިންގާ ވިސްނާލާއިރު އޭގެއިން ބޮޑަތިވެގެންވާ ޢިބްރަތްތަކެއް ލިބެނިވި, ދީނާ ޤައުމަށްޓަކައި އަމިއްލައަށް ޤުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއް.” މިނިސްޓަރ ވިދާޅުވިއެވެ.
މިފިލްމް ޑައިރެކްޓްކޮށްދެއްވާނީ މަޝްހޫރު ޑައިރެކްޓަރ އަޝްހަރު ވަހީދު ކަމަށް މަޢުލޫމާތު ލިބެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި