ބޮލީވުޑް ބަތަލު އަޔުޝްމާން ކުރާނާ އާއި ރަކުލް ޕްރީތު ސިންގގެ ”ޑޮކްޓަރ ޖީ“ އަންނަ އޮކްޓޯބަރު މަހުގެ11 ގައި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
އަޔުޝްމާން ގައިނީއެއްގެ ރޯލުން ފެނިގެންދާ ”ޑޮކްޓަރ ޖީ“ ގައި އަޔުޝްމާން އާއި ރަކުލްގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޝެފާލީ ޝާހް އާއި ޝީބާ ޗައްޑާއެވެ.
އަބަދުވެސް ވަރަށް ތަފާތު ފިލްމުތަކެއް ކުޅެމުން އަންނަ އަޔުޝްމާންގެ ”ޑޮކްޓަރ ޖީ“ އޮކްޓޯބަރުގައި ރިލީޒްކުރަން ނިންމިއިރު، އޮކްޓޯބަރުގައި ރިލީޒްކުރާ ބޮލީވުޑްގެ ބޮޑު ދެ ފިލްމެއް ކަމަށްވާ ”ރާމް ސެތޫ“ އާއި ”ތޭންކް ގޯޑް“ ރިލީޒްކުރުމާއި ހަމައަށް ހުސްކޮށް11 ދުވަސް ލިބޭނެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޝޫޓިންގ ނިންމާލި ”ޑޮކްޓަރ ޖީ“ ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމު ރިލީޒްކުރުން ފަސްކުރީއެވެ.
”ޑޮކްޓަރ ޖީ“ އަކީ މިއަހަރު ރިލީޒްވާ އަޔުޝްމާންގެ ދެވަނަ ފިލްމެވެ. މިއަހަރު ނުކުތް އޭނާގެ އަނެއް ފިލްމަކީ އަނުބަވް ސިންހާގެ އެކްޝަން ތުރިލާ ފިލްމު ”އަނީކް“ އެވެ. އަދި މިއީ ރަކުލްގެ މިއަހަރު ރިލީޒްވާ4 ވަނަ ފިލްމެވެ. ކުރިން އޭނާގެ ރިލީޒްވި ފިލްމުތަކަކީ ”އެޓޭކް“، ”ރަންވޭ34“ އަދި ”ކަތުޕުތުލީ“ އެވެ.
ސައުރަބް ބާރަތު އަދި ވިޝާލް ވަގްގެ ވާހަކައަކަށް އުފައްދާފައިވާ ”ޑޮކްޓަރ ޖީ“ އަކީ ޖަންގްލީ ފިލްމްސް އިން ޕްރޮޑިއުސްކޮށް އަނުބުތީ ކަޝިޔަޕް ޑައިރެކްޓްކޮށްފައިވާ ސޯޝަލް ކޮމެޑީއެކެވެ. ސްކްރީންޕްލޭ ލިޔުނީ ސައުރަބް، ވިޝާލް، ސުމީތު ސަކްސޭނާ އަދި އަނުބުތީ ކަޝިޔަޕް ގުޅިގެންނެވެ.
”ޑޮކްޓަރ ޖީ“ ގެ އިތުރުން އަޔުޝްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނަންދު އެލް ރާއީގެ ”އޭން އެކްޝަން ހީރޯ“ ހިމެނެއެވެ. އެންމެ ފަހުން އަކްޝޭ ކުމާރާއެކު ”ކަތުޕުތުލީ“ އިން ފެނުނު ރަކުލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ޑޮކްޓަރ ޖީ“ ގެ އިތުރުން ”ތޭންކް ގޯޑް“، ”ޗަތުރިވާލީ“، ތަމަޅަ ފިލްމު ”އަޔަލާން“، ތަމަޅަ ފިލްމު ”އިންޑިއަން2“ އަދި ތަމަޅަ އާއި ތެލުގޫ ބަހުން އުފައްދާ ”31 އޮކްޓޯބަރ ލޭޑީސް ނައިޓް“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




