ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑަޔާނާގެ ރޯލުން އުރްވާ ޙުސައިން

އިނިގިރޭސިވިލާތުގެ އަމީރާއެއްގެ ގޮތުގައި ހުންނެވި ޑަޔާާނާގެ ހަޔާތް ދައްކުވައިދޭ ޕާކިސްތާނު ސީރީޒް “މޭރީ ޝެހްޒާދީ”ގައި ޑަޔާނާގެ ގޮތުގައި ފެނިގެންދާނީ ޕާކިސްތާނުގެ ހިތްގައިމު އެކްޓްރެސް އުރްވާ ޙުސައިން ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

މި ޑްރާމާ ސީރީޒްގައި ދައްކުވައިދޭނީ ޕްރިންސެސް ޑަޔާނާގެ ފަރިފަރި އެހެނަސް ހިތާމަވެރި ދިރިއުޅުމުގައި ހިނގައިދިޔަ ކަންތައްތަކަށް ބިނާކޮށް ޕާކިސްތާނުގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ދާނިޔާގެ ދިރިއުޅުން ކަމަށް އާއްމުކޮށްފައި ޕްރޮމޯތަކުން ފާހަގަވެ އެވެ.

މިހާތަނަށް ނެރުނު ޕްރޮމޯތަކުން ފެންނަނީ ސިޔާސީ ޝަޚުޞިއްޔަތެއް ކަމުގައިވާ އަދި ހިތްތަކުގެ ޕްރިންސެސްއެއް ކަމަށްވާ ދާނިޔާ ފުރާފުރިހަމަވާ ފަހުން އޭނާގެ ހަޔާތަށް ކުރިމަތިވާ ހިތާމަވެރި ކަންތައްތަކެއްގެ ވާހަކަ އެވެ.

މި ޑްރާމާ ލިޔުނީ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޒަންޖަބީލް އާސިމް ޝާހު އެވެ. އޭނާ އަކީ “ޕިޔާރު ކޭ ޞަދްގޭ”ގެ ސްކްރީންޕްލޭ ލިޔުނު ސްކްރީން ރައިޓަރެވެ. މި ސީރީޒް ޑައިރެކްޓްކުރަނީ ޤާސިމް އަލީ މުރީދު އެވެ.

“މެރީ ޝެހްޒާދީ”ގެ ލީޑް ރޯލުން ފެނިގެންދާނީ އުރްވާ ޙުސައިން، އަލީ ރަހްމާން، ޝަބީރު ޖާން، އަދި ޣާވީ ޚާން އެވެ.

އުރުވާ ޙުސައިނަށް ފާހަގަކޮށްލެވޭ ފަދަ މަޝްހޫރުކަމެއް ލިބުނީ “ނީލީ ޒިންދާ ހޭ”، “ޕަރިޒާދު”، އަދި “އުދާރީ” ފަދަ ޑްރާމާތަކުންނެވެ.

މި ސީރީޒް ދައްކަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top