މޯނީ ރޯއީ އެންމެ ފަހުން ކުޅުނު ފިލްމު “ބްރަހުމަސްތުރާ” ދަނީ ބޮލީވުޑް ބޮކްސްއޮފީހުގައި ވަރަށް ބޮޑު ތަރުޙީބެއް ހޯދަމުންނެވެ. މި ކާމިޔާބީ އަށްފަހު މޯނީ ރޯއީ އޭނަގެ ފިރިމީހާއާއި ފިރިމީހާގެ އާއިލާގެ ބައެއް މެމްބަރުންނާއެކު ދަނީ ދިވެހިރާއްޖޭގެ ރިސޯޓެއްކަމުގައިވާ ޅ.އަތޮޅުގެ ފުށިފަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ޓީވީ ޝޯއެއްކަމަށްވާ “ނާގިން” އިން ބޮޑު މަގުބޫލުކަމެއް ހޯދި މޯނީ ރޯއީ “ބްރަހުމަސްތުރާ” ގައި މަސައްކަތް ކޮށްފައިވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއި އެކުގައެވެ. ގިނަ ބަަޔަކު ބުނާގޮތުގައި އެފިލްމުގައި އެންމެމޮޅު އެކްޓިންއެއް ދައްކައިދީފައި ވަނީ މޯނީ ރޯއީއެވެ. މިފިލްމު ދަނީ ދުނިޔޭގެ މާކެޓާއި އިންޑިޔާގައިވެސް ބޮޑު ތަރުހީބެއް ހޯދަމުންނެވެ.
“ބްރަހުމަސްތުރާ” ގެ ކުރިންވެސް މޯނީ ރޯއީ ވަނީ ބައެއް ފިލްމާއި އެތައް ސިލްސިލާއެއް ކުޅެފައެވެ. އޭގެތެރޭގައި ރާޖު ކުމާރު ރާއޯ އާއެކު ކުޅެފައިވާ “މޭޑް އިން ޗައިނާ” އާއި އަކްޝޭ ކުމާރާއެކު ކުޅެފައިވާ “ގޯލްޑް” އާއި ޖޯން އަބްރަހަމް އާއި އެކު ކުޅެފައިވާ “ރޯމިއޯ އަކުބަރު ވޯލްޓާ” ހިމެނެއެވެ.
މޯނީީ ރޯއީ ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.
View this post on Instagram
