ދިވެހި ފިލްމު ‘ދެވަންސޫރަ’ ޕްރިމިއަރ ނައިޓް ގައި މަޝްހޫރު ފިލްމީތަރި އަލީ ސީޒަން އަށް ފިލްމު ކްރޫގެ ފަރާތުން ބޮޑު ސަޕްރައިޒެއް ދީފި އެވެ.
މަޝްހޫރު ސްކްރީން ރައިޓަރ އަދި އެހާމެ ކުޅަދާނަ ޑައިރެކްޓަރ ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ޕްރޮޑަކްޝަނުން ގެނެސްދޭ 25 ވަނަ ފިލްމު ޕްރިމިއާ ކޮށްދީފައި ވަނީ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން އެވެ.
ޔޫއްޕެގެ “ދެވަންސޫރަ” ޕްރިމިއާ ކުރި ދުވަހަކީ ސީޒަންގެ އުފަންދުވަހެވެ. އެހެންކަމުން ‘ދެވަންސޫރަ’ ޓީމުން ނިންމީ ސީޒަން އަށް ސަޕްރައިޒެއް ދޭށެވެ. އެގޮތުން ސަޕްރައިޒް ކޭކެއް ފިލްމުގެ ޓީމުން ސީޒަން އަށް ހަދިޔާކުރި އެވެ.
‘ދެވަންސޫރަ’ އަކީ މިހާރު ރާއްޖޭގެ މުޖުތަމައުގައި ހިނގާ ކަންތައްތައް ދައްކުވައިދޭ، މީހެއްގެ މަރެއްގެ ހަގީގަތް ހޯދުމަށް އަންހެނަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
06 ފެބްރުއަރީގައި ‘ދެވަންސޫރަ’ ރިލީޒް ކުރުމަށްފަހު މިހާރު އަތޮޅު ތަކުގައިވެސް އަންނަނީ މި ފިލްމު ދައްކަމުންނެވެ.
‘ދެވަންސޫރަ’ އަކީ ޔޫއްޕެ ގެ 30 ވަނަ ޑައިރެކްޝަން އެވެ.
