ބޮލީވުޑް ބަތަލު އަޖޭ ދޭވްގަންގެ ކުޅިވަރު ބަޔޮޕިކް ”މައިދާން“ ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
2019 ގައި ޝޫޓިންގ ފެށި ”މައިދާން“، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެތައް ފަހަރަކު ލަސްވަމުން ގޮސް ޝޫޓިންގ ނިންމާލީ މިދިޔަ މެއި މަހުއެވެ.
އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ”މައިދާން“ ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.
ބޯނީ ކަޕޫރް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ”މައިދާން“ އަކީ 2018 ގައި ”ބަދާއީ ހޯ“ ގެނެސްދިން ޑައިރެކްޓަރ އަމިތު ޝަރްމާ ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ކުރިން މިދިޔަ ޖޫން މަހު ރިލީޒްކުރަން ތާވަލުކުރި ”މައިދާން“ މިހާރު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 17 ގައި ސިނަމާތަކުގައެވެ. ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން ފިލްމު ރިލީޒްކުރަން ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




