ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާޔަން ޑެޕިއުޓީ އެމްޑީ ކަމުން ވަކިކޮށްފި

ޕީއެސްއެމް ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝާޔަން ޝާހިދު މަގާމުން ވަކިކޮށްފިކަމަށް “މުނިއަވަސް” އަށް މައުލޫމާތު ލިބިއްޖެ އެވެ.

ރޭގެ ވަގުތެއްގައި މުނިއަވަސް އަށް ސޯޝަލް މީޑިއާ އެއްގައި ކޮށްފައިވާ ޕޯސްޓެއް ވަނީ ލިބިފަ އެވެ.

އެ ޕޯސްޓްގައި ވާގޮތުން ޝާޔާން ބޯޑް މެންބަރުކަމުން ވަކިކުރިކަން އޭނާއަށް ވަނީ އަންގާފަ އެވެ.

ނަމަވެސް ޝާޔާން ސަސްޕެންޑްކުރީތޯ ނުވަތަ ބޯޑުން ވަކިކުރީތޯ ޔަގީންކުރަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.

މުނިއަވަސް އިން މިރޭ 17:39 ގައި ޝާޔަން އަށް ގުޅުމުން ބުނީ “އަޅުގަނޑު ތިކަމާ ގުޅިގެން ހަމަ އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނޫން.” ކަމަށެވެ. މަގާމުން ސަސްޕެންޑް ކުރީތޯ ނުވަތަ ވަކިކުރީތޯ އެހުމުން ދެއްވީ ހަމަ އެ ޖަވާބެވެ.

ޝާޔަން އަކީ ޕީއެސްއެމް އިން ގެނެސްދޭ މަޝްހޫރު ފްރެންޗައިސް ޝޯ މޯލްޑިވިއަން އައިޑަލްއާ ހަވާލުވެ ހުންނެވި އެންމެ އިސް މުވައްޒަފެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top