‘ކޮމްބޫޗާ’ އަކީ ކޮންއެއްޗެއްކަން އެނގޭ ހެއްޔެވެ؟ ދުވަހަކުވެސް ކޮމްބޫޗާގެ ރަހަ ބެލިން ހެއްޔެވެ؟
ކޮމްބޫޗާ އަކީ އާދައިގެ ކަޅު ސައިފަތް ނުވަތަ ފެހި ސައިފަތާއި ބެކްޓީރިއަލް ކަލްޗާ އެއް ބޭނުން ކޮށްގެން ފާމެންޓޭޝަން ޕްރޮސެސް ގެ އެހީގައި ތައްޔާރުކުރާ ސައިފަތުގެ ފިޒީ ޕްރޯބަޔޮޓިކް-ރިޗް ޑްރިންކެކެވެ. ޕްރޯބަޔޯޓިކް އެންޒައިމް އަކީ ފާމެންޓޭޝަން ޕްރޮސެސް އިން ބާކީވާ އެއްޗަކަށް (ޕްރޮޑަކްޓަކަށް) ކިޔާ ނަމެކެވެ. މިއީ ހަޖަމުކުރުމުގެ މަސައްކަތް ރަނގަޅުކޮށްދޭ އެއްޗެކެވެ.
ކޮމްބޫޗާ ހޯދާނީ ކިހިނެތް؟
– ކޮމްބޫޗާ އަކީ ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ބައެއް ބޭސްފިހާރަތަކުން ލިބެން ހުން އެއްޗެކެވެ.
– ކޮމްބޫޗާ އަކީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވިދާނެ ވެސް އެއްޗެކެވެ.
ކޮމްބޫޗާ އިން ލިބެނީ ކޮން ފައިދާ ތަކެއް؟

ކޮމްބޫޗާ އިން ލިއްބައިދޭ ހަތް ފައިދާ
– ކޮމްބޫޗާ ގައި އެކުލެވޭ ގުލޫކާރިކް އެސިޑަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކޮށްދޭ އެއްޗެކެވެ.
– ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދެ އެވެ. މިކަން ކޮށްދެނީ ކޮމްބޫޗާ ގައި އެކުލެވޭ އެންޓި އޮކްސިޑެންޓްސް ގެ އެހީގަ އެވެ.
– ކޮމްބޫޗާގައި ހުންނަ އެސިޓިކް އެސިޑް ޕޮލިފިނޯލްސް އަކީ ހަށިގަނޑު ގެ ބަރުދަން ލުއިކޮށްދޭ މާއްދާ އެކެވެ.
– ހުޅުހުޅުގައި ރިއްސުމަށް ލުޔެއް ލިއްބައިދީ ރާއްޖެބަލީގެ (އާތުރައިޓިސްގެ) އުނދަގޫ ކުޑަކޮށްދެނީ މީގައި ހުން ގުލޫކޯސްއެމައިން ގެ ސަބަބުން ނެވެ.
– ގްލޫކޯނިކް އެސިޑާއި ޕްރޯބަޔޯޓިކަކީ ހަށިގަނޑު ޑީޓޮކްސިފައި ކޮށްދޭ އެއްޗެކެވެ.
– ހަކަތަ ބޫސްޓް ކޮށްދެ އެވެ. މިކަން ކޮށްދެނީ ކޮމްބޫޗާގައި އެކުލެވޭ އެންޒައިމް އާއި ބީ ވިޓަމިންގެ މާއްދާތަކުން ނެވެ.
– ޕްރޯބަޔޯޓިކްސް އަކީ ހަޖަމު ކުރުމުގެ ނިޒާމްގެ މަސައްކަތްތައް ރަނގަޅު ކޮށްދޭ އެއްޗެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!