ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކް ޚާން އުމްރާގެ އަޅުކަން އަދާކޮށްފި

ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު “ޑަންކީ”ގެ ޝޫޓިން ސައުދީ އަރަބިއްޔާގައި ނިންމާލުމަށްފަހު، އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

ފިލްމު “ޑަންކީ”ގެ ސައުދީ އަރައްބިޔާގެ ޝޫޓިން ނިންމާލުމަށް ފަހު ޝާހްރުކް ޚާން ވަނީ ނޮވެމްބަރު 30 ވަނަ ދުވަހު ވީޑިއޯއެއް އާއްމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ކަލްޗާއިން އޭނާއާއި ޓީމަށް ދިން ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކޮށްފަ އެވެ.

“ޝެޑިއުލާއި އެއްގޮތަށް ސައުދީގައި”ޑަންކީ”ގެ ޝޫޓިން ނިންމައިލެވުމަށްވުރެން ހިތްހަމަޖެހޭ އެހެން ކަމެއް ނެތް. މިފަދަ ރީތި ލޮކޭޝަންތަކާއި ހޫނު މެހެމާންދާރީ ދެއްވި ކަމަށްޓަކައި ސައުދީ ސަރުކާރަށް ޝުކުރިއްޔާ. ރާޖޫ ސަރ އަދި ބާކީ ތިބި ކާސްޓުންނަށް އަހަރެން ޝުކުރުއަދާކުރަން ބޭނުން. ތިޔަ އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.” މީސްމީޑިއާއަށް ޝާހްރުކް ދޫކޮށްލި ވީޑިއޯގައި ބުނެފައިވެއެވެ.

ދައުރުވަމުންދާ ތަސްވީރުތަކުގައި، މައްކާގެ މާތް ބިމުގައި އަދި ގެފުޅު ސަރަހައްދުގައި އުމުރުން 57 އަހަރުގެ ޝާހްރުކް ޚާން އަޅުކަމުގައި އުޅޭތަން ފެނެއެވެ.

ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ޝާހްރުކް ޚާން އުމްރާގެ އަޅުކަމުގައި އުޅޭ ފޮޓޯތަކާއި ވީޑިއޯތައް އޮންލައިންކޮށް ފެތުރިފައިވާއިރު، އޭނާ އަށް ތާއިދުކޮށް ގިނަ ބަޔަލު ވާހަކަދައްކަމުން އަންނަ ފަދައިން ފަޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން ޝާހްރުކް ފެނިފައިވަނީ ފިލްމު “ޕަތާން” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top