ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖާދުﷲ ގެ ޑިޒައިންތަކުން ރާއްޖެއަށް އެންމެ ގިނަ ވިއުޒް އެވޯޑް

ތައިލޭންޑްގެ ބޭންކޮކްގެ ރޯޔަލް ޕެރަގޯން ހޯލްގައި މިމަހު 06 ވަނަ ދުވަހު ފެށި ތައި ސިލްކް އިންޓަނޭޝަނަލް ފެޝަން ވީކްގައި ރާއްޖޭގެ ޑިޒައިނަރ ޖާދުﷲ އިސްމާޢީލްގެ ޑިޒައިންތަކުން ރާއްޖެއަށް އެންމެ ގިނަ ވިއުޒް އެވޯޑް ލިބިއްޖެ އެވެ. ޖާދުﷲ އަށް މި މަޤާމު ލިބުމާއެކު އެއްހާސް އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ލިބިފައިވެއެވެ.

ތައި ސިލްކް އިންޓަނޭޝަނަލް ފެޝަން ވީކް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު އެވެ. މި ހަރަކާތުގައި ދުނިޔޭގެ 60 ގައުމެއްގެ ފެޝަން ޑިޒައިނަރުން ބައިވެރިވެފައިވެ އެވެ.

މި މިބާރާތުގައި ޖޫދުގެ ހެދުންތައް ދައްކައިލީ ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައި ޑިސެމްބަރު 07ވަނަ ދުވަހުއެވެ. ޖާދު ހުށަހެޅި ފަރުމާތަކުގެ ތެރޭގައި ފެނިގެންދިޔަ ސިލްކް “ކަސަބު” ލިބާހަށް ގިނަބައެއްގެ ސަމާލުކަމެއް ލިބިގެންދިޔައެވެ.

ރާއްޖޭގެ ސަގާފީ ހެދުމުގެ ފަރުމާތައް ވެސް އެކުލެވޭގޮތުން ޖާދު ތައްޔާރުކޮށްފައިވާ ތަފާތު ހަ ހެދުމެއް މި ޝޯގައި ފެނުނެވެ. އަޝްފާ ކިޔާފައިވާ “ކަސަބުން ބޯވަޅު” ލަވައިގެ ހަމަތަކަށް މޮޑެލުން ބޭނުންކޮށްގެން ދައްކައިލަދިން މި ހުށަހެޅުމުގައި އަންހެން ހަތަރު ހެދުމުގެ ފަރުމާއަކާއި ފިރިހެން ދެ ފަރުމާއެއް ފެނިގެންދިޔަ އެވެ.

https://www.facebook.com/MUNIAVAS.mv/videos/485125570354398

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top