ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ވަކިން ލޯބިން’ ގެ ‘ހިތުގާ ނަށާ ރާނީ’ ގެ ވީޑިއޯ ލަވަ ރިލީޒް ކޮށްފި

މާރޗް 5 ވަނަ ދުވަހުގެ ރޭ ރިލީޒްކުރާ ޑާކްރެއިން އެންޓަޓެއިންމެންޓު ގެ ފިލްމު ‘ވަކިން ލޯބިން’ އަށް ހަމޫދު އަޙްމަދު ގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ‘ހިތުގާ ނަށާ ރާނީ’ ގެ ވީޑިއޯ ލަވަ ރިލީޒް ކޮށްފި އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން2 ގެ ރަނަރަޕް ހަމޫދް ކިޔާފައިވާ ‘ހިތުގާ ނަށާ ރާނީ’ ލަވައިގެ މިއުޒިކް ހަދާފައިވަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)އެވެ. މީގެ ކުރިންް ސައުންޑުކްލައުޑްގައި އާއްމުކޮށްފައިވާ ‘ހިތުގާ ނަށާ ރާނީ’ ގެ ވީޑިއޯ އިން ފުވައްމުލަކުގެ ހިތްގައިމު މަންޒަރުތައް ފެނިގެން ދެއެވެ.

“ވަކިން ލޯބިން”ގެ ލީޑުން ފެނިގެންދާނީ ޑާކްރެ އިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top