ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބީވީމާ” ރެޑްކާޕެޓް ޕްރިމިއާ އިވެންޓް – ވީޑިއޯ

ތަމަޅަ ފިލްމު “96”ގެ ރީމޭކް “ބީވީމާ”ގެ ރެޑްކާޕެޓް ޕްރިމިއާ އިވެންޓަކީ ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކުރުމަށްފަހު އެ ސިނަމާއިން ފެނިގެންދިޔަ މިފަދަ ފުރަތަމަ އިވެންޓެވެ. ހިތްގައިމު މަންޒަރުތަކަކާއި، ހިތްގައިމު ވާހަކަތަކެއް މި ފިލްމުގެ ޕްރިމިއާ ޝޯއިން ފެނިގެންދެއެވެ.

ޝޯއަކަށްފަހު ޝޯއެއް ފުލްވަމުން އަންނަ “ބީވީމާ”އަކީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ތައްޔާރުކޮށް ނިންމައި ރިލީޒްކުރަން ތައްޔާރުވެފައި ހުރި ފިލްމުތަކުގެ ތެރެއިން ހިތްގައިމު ލޯބީގެ ފިލްމެކެވެ. ހަމަަ ގައިމުވެސް ފިލްމު ބެލި ހުރިހައި އެންމެންގެ ތަޢުރީފުކުރުން ފިލްމުގެ ހުރިހައި ކަމަކަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެެ.

“ބީވީމާ”ގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އަޝްފާ، އައިމިނަތު ރަޝްފާ (އާޝާ), އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ މަޝްހޫރު ސްކްރީން ރައިޓާ އަހުމަދު ޒަރީރެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާގެ އިތުރުން ޢާއިޝަތު ފުއާދު ތަޢުފީޤްއެވެ. ކެމެރާކޮށްފައި ވަނީ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހެދީ ޑައިރެކްޓަރު އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ)އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Naddey3 އަހަރު ކުރިން

Nadheem a noonee enmenah kamudhiya

Home
Menu
Search
Back to top