ފަހު ފަސް ބައިވެރިންނާއެކު ރޭ ފެށި ބިގްބޮސް 16 ނިންމާލައިފިއެެވެ. ބިގްބޮސް 16ގެ ގަދަ ފަސް ބައިވެރިންނަކީ ޝާލިން ބަނޯޓް، އަރްޗަނާ، ގޯތަމް، ޕްރިޔަންކާ ޗަހަރް ޗޯދްރީ، ޝިވް ޓާކްރޭ އަދި އެމް.ސީ ސްޓޭންއެވެ. ބިގްބޮސް 16 ގެ ފަޚުރުވެރި އެެއްވަނަ ކާމިޔާބުކުރީ އެމްސީ ސްޓޭން އެވެ.
ރޭގެ ބިގްބޮސް ފިނާލޭ ޝޯގައި އިންޑިއާގެ މައްޝޫރު ދެ ކޮމީޑިއަން، ބާރްތީ އަދި ކްރިޝްނާ، ބިގްބޮސް ގެ ގޭގައި ހުށަހެޅުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ރޭގެ ފަސް ބައިވެރިންގެ ތެރެއިން ފަސްވަނަ ބައިވެރިއެއްގެ ގޮތުގައި ގެއިން ނިކުތީ ޝާލިން ބަނޯޓް އެވެ. ހަތަރު ބައިވެރިންނަށް ވީ އިރު ބައިވެރިންގެ ތެރެއިން ތިން ބައިވެރިންނަށް މަދުކުރުމަށް ހަތަރު ވަނަ ބައިވެރިއެއްގެ ގޮތުގައި އެންމެ މަދުން ވޯޓު ލިބިގެން ކަޓާފައިވަނީ އެކްޓްރެސް، މޮޑެލް އަދި ޕޮލިޓީޝަން އަރްޗަނާ ގޯތަމް އެެވެ.
ފަހު ތިން ބައިވެރިންގެ ތެރެއިން ތިންވަނަޔަށް ގޮސްފައިވަނީ ޓީވީ ޝޯވ އެކްޓްރެސް ޕްރިޔަންކާ ޗަހަރް ޗޯދްރީ އެވެ. ބިގްބޮސް 16 ގެ ޓައިޓްލް ހޯދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ޕްރިޔަންކާ އަށް ތިންވަނަ ލިބުމުން ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ. ޕްރިޔަންކާ ތިންވަނައަށް ދިޔައީ އާންމުންގެ ވޯޓް މަދުވުމުގެ ސަބަބުންނެވެ.
ފަހު ދެ ބައިވެރިންނަކީ ޝިވް ޓާކްރޭ އާއި އެމް.ސީ ސްޓޭން އެވެ. ބިގްބޮސް 16 ރޭ ނިންމާލި އިރު ބިގްބޮސް 16 ގެ ޓައިޓްލް ގެންދިޔައީ ރެޕް ލަވަކިޔުންތެރިޔާ އެމް.ސީ ސްޓޭންއެެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ





ބިސްބޮސް ހިލާލާފަ އެސޮރަށް ދިނީ