”އިންޑިއަން އައިޑަލް“ ސީޒަން 12 ކާމިޔާބުކޮށް މިހާރު ވިދަމުން އަންނަ ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބާއްވާ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި އެވެ. މި ޝޯ އޮންނާނީ މަމަހު03 ވަނަ ދުވަހުގެ ރޭގައެވެ
މިއުޒިކަލް އައިޑަލްގެ ނަމުގައި ބާއްވާ މި ޝޯއަކީ އިންޑިއާ، ލަންކާ އަދި ރާއްޖޭގެ ފިލްމީ ތަރިން ހަރަކާތްތެރިވަމުން އަންނަ ޓޯނިވަލް ހަރަކާތުން އިންތިޒާމުކޮށްގެން ބާއްވާ ޝޯއެކެވެ. ޝޯގެ ވީއައިޕީ ޓިކެޓްތައް އެއްކޮށް ވިކި ހުސްވެފައިވާއިރު، މިހާރު ލިބެން ހުރީ 80 ރުފިޔާއަށް ވިއްކަން ހުރި އާއްމު ޓިކެޓްގެ އިތުރުން 150 ރުފިޔާއަށް ވިއްކާ ފަސްޓް ކްލާސް ޓިކެޓެވެ.
”ޓުއާނިވަލް“ އިން އިންތިޒާމްކޮށްގެން، ”މިއުޒިކަލް އައިޑަލް“ ގެ ނަމުގައި ބާއްވާ އެ ޝޯގެ އާއްމު ޓިކެޓެއް 80ރ. ހުރި އިރު، ފަސްޓް ކްލާސް ޓިކެޓެއް ލިބެނީ 150ރ. އަށެވެ. ވީއައިޕީ ޓިކެޓެއްގެ އަގަކީ 500ރ. އެވެ.
ރޭގަނޑު 8:00 ން 00:00 އަށް ކުރިއަށްގެންދަން ނިންމާފައިވ މި ޝޯ ބަލާލަން ޝައުގުވެރިވާ ނަމަ 7376060، 9238088 ނުވަތަ 9238090 އަށް ގުޅައިގެނާއި ވަޓްސް އެޕާއި ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.
މި ޝޯގައި ޕަވަންދީޕް އަދި އަރުނިތާގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަަމަށްވާ ރާފިޔާތު ރަމީޒާ އަދި ޝަލަބީ އިބްރާހީމް ވެސް ލަވަ ހުށައަޅާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




