ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޯދަހިފުމުން ސިކުނޑީގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދިރާސާއަކުން ދައްކައިފި

ވަކި މުއްދަތަކަށް ނުކައި ހުރުމުން ނުވަތަ ރޯދައަށް ހުރުމަކީ ސިކުނޑީގެ ނިއުރޯންތަކުގެ ގުޅުމަށް ބޮޑެތި އަދި އެދެވޭ ބަދަލުތަކެއް ގެނެސްދޭ ކަމެއްކަން ސައިންސްވެރިން ހެދި އައު ދިރާސާއަކުން ހާމަވެއްޖެއެވެ. “ސައިންސް އެއިމް” ގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިކުނޑީގެ ސްކޭންތަކުން ދައްކާ ގޮތުގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރާ ވަގުތުތަކުގައި ސިކުނޑި އަމިއްލައަށް “ރީވަޔަރ” ނުވަތަ އައު ގުޅުންތަކެއް އުފައްދައި، މަސައްކަތުގެ ވައްޓަފާޅި ބަދަލުކޮށްލައެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ބުނާ ގޮތުގައި، ގިނަ ވަގުތުތަކެއް ވަންދެން ނުކައި ހުރުމުން ސިކުނޑީގެ އެކި ސަރަޙައްދުތަކުގެ މެދުގައި ހުންނަ މުއާސަލާތީ ގުޅުންތައް ވަރުގަދަވެގެންދެއެވެ. ޒަމާނީ ބްރެއިން ސްކޭން ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދި މި ޓެސްޓުތަކުން ދެއްކި ގޮތުގައި، ރޯދައަށް ހުންނަ ވަގުތުތަކުގައި އާ ނިއުރޯނަލް ކަނެކްޝަންތައް އުފެދުމަށް މަގުފަހިވާ މާއްދާތައް ސިކުނޑީގައި އިތުރުވެގެންދެއެވެ.

މީގެ ސަބަބުން އިންސާނާގެ ވިސްނުމުގެ ބާރާއި، ކަންކަމަށް ސަމާލުކަން ދިނުމުގެ ޤާބިލުކަން އިތުރުވެ، ހަނދާންގަދަވުމަށް އެހީތެރިވެދެއެވެ. އަދި އުމުރުން ދުވަސްވުމުން ސިކުނޑިއަށް ދިމާވާ އެކި ބަލިތަކުންނާއި، ހަނދާން ނެތޭ ބަލި ފަދަ ނުރައްކާތަކުން ސިކުނޑި ރައްކާތެރިކޮށްދިނުމުގައި ވެސް މި ބަދަލުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ސައިންސްވެރިން އިތުރަށް ބަޔާންކުރާ ގޮތުގައި، މި ބަދަލުތައް އަންނަނީ ކާނާ ނުލިބޭ ވަގުތުތަކުގައި ހަށިގަނޑުގައި ހަކަތަ ބޭނުންކުރާ ގޮތް ބަދަލުވެ، “ކީޓޯންސް” އުފެދި، އޭގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ސާފު ހަކަތައެއް ލިބިގެންދާތީއެވެ.

އިސްލާމްދީނުގައި ރޯދަހިފުން ފަރުޟުކުރައްވާފައިވުމާއި، ސުންނަތް ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވުމުގެ ފަހަތުގައިވާ ސިއްޙީ ގިނަގުނަ ފައިދާތަކުގެ ތެރެއަށް މި އައު ހޯދުން އިތުރުވެގެންދާއިރު، މިއީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ ލުޔެއް ނޫން ކަމަށާއި، ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް އޮތް ވަރަށް ބޮޑު ނިޢުމަތެއްކަން ސައިންސުގެ އަލީގައި މިވަނީ އަނެއްކާވެސް ކަށަވަރުވެފައެވެ.

މިވެސް ކިޔާލަން:  ޢާޝޫރާ ދުވަސް
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top