މަޝްހޫރު މިއުޒިކް ބޭންޑް “ސްކައިރޮކް” އިން މި އަހަރު ނެރުމަށް ހަމަޖެހިފައިވާ އަލްބަމްގައި ހިމެނޭ “ހޭވައްލާ ތައްޔާރު” މިވަނީ މިއަހަރުގެ އަންހެނުންގެ ދުވަހާ ދިމާކޮށް ރިލީޒްކޮށްފަ އެވެ.މި ލަވަ މިހާރު ހުރިހާ ސްޓްރީމިން ޕްލެޓްފޯމަކުން އަޑުއަހައިލެވޭނެ އެވެ.
“ހޭވައްލާ ތައްޔާރު” ލަވައިން ދޭ މެސެޖަކީ ދިރިއުޅުމުގައި ދިމާވެދާނެ ކޮންމެ ކަހަލަ ގޮންޖެހުމަކަށް ވެސް ކެރިގެން ކުރިމަތިލުމެެވެ. އެކަންކަމަށް ހޭވައްލާ ތައްޔާރުވެ ތިބުމެވެ.
ލަވަ ރިލީޒްކުރަމުން ސްކައިރޮކް ބޭންޑުން އާއްމުކުރި މެސެޖެއްގައި ބުނެފައިވަނީ ވަޒީފާގެ މާހައުލުގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރަމުން އަންނަ ކަނބަލުންގެ އަގުނުކުރެވޭފަދަ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.
ސްކައިރޮކުން ލިޔެ އުފައްދާފައިވާ މި ލަވައިގެ ލިރިކްސް ހެދީ ޢަބްދުﷲ ފަރްހާން (ފައްފު) އެވެ. ލަވަ ކިޔާފައިވަނީ ފައްފުގެ އިތުރުން އިންޝާ އެވެ. ކީ ބެކިންގ ވޯކަލްސްގައި ޙުސައިންގެ އަޑުއިވިގެންދެއެވެ.
އިނާން ބޭސް އަދި ޒަޔާން ލީޑް ގިޓާކުޅެފައިވާއިރު، ޑްރަމްޖެހީ ފައިޒާން އެވެ.
ލަވައިގެ ވީޑިއޯ އުދެއްދީ މަދޯޝިޕްގެ ޓީމުންނެވެ. ލަވައިގެ ނެށުން ގެނެސްދީފައިވަނީ ޑައިނިޒިއަކް އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!