ރާއްޖޭގެ ފިލްމު ބަލާ އޯޑިއަންސް އެއްކޮށް ހެއްވާލަދިން ފިލްމު ’ނޯޓީ40‘ ގެ ސީކުއަލް ’ފޯޓީ ޕްލަސް‘ މި އަހަރު އޮގަސްޓު މަހު އޮންނާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
’ފޯޓީ ޕްލަސް‘ އަކީ ވެސް އޭނާގެ އަމިއްލަ ސްކްރިޕްޓެކެވެ. ޑައިރެކްޓް ކުރީ ވެސް ޔޫއްޕެ އެވެ. ފިލްމުގައި ހިމެނޭ އެކްޝަން ސީންތައް ޑައިރެކްޓް ކޮށްފައިވަނީ ފިލްމުގެ މެއިން ކާސްޓްގައިވެސް ހަރަކާތްތެރިވާ މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން އެވެ.
ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޔޫއްޕެ އާއި އަލީ ސީޒަނާއި މުހައްމަދު މަނިކު، އަލީ ޝާހިދާއި އަހްމަދު އީސާ އާއި މައިޝާ އަހްމަދު ސައީދު އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.
މީގެ އިތުރުން ދެވަންސޫރައިން އަލަށް ތަޢާރަފްވި މަރިޔަމް ޝިފާ އާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




