2017 ވަނަ އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓްކޮށް ރިލީޒްކުރި ކާމިޔާބު ފިލްމު ‘ނޯޓީ40’ ގެ ސީކުއަލް އެއްގެ ގޮތުގައި އުފައްދާފައިވާ ‘ފޯރޓީ ޕްލަސް’ ސިނަމާ އަށް ގެންނަން ތާރީޚެއް ކަނޑައެޅުމަށްފަހު އެ ތާރީޚް އިއުލާނުކުރާނީ ބޮޑު އިވެންޓަކާއި އެކުގައިކަމަށް ފިލްމުގެ ޕްރޮޑިއުސަރ ޝަފީޤް ބުނެފި އެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ސްކްރީންޕްލޭ އަކަށް ބޮޑު ކާސްޓެއް ހިމަނައިގެން ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ‘ފޯރޓީ ޕްލަސް’ ގެ ޑަބިން އާއި ލަވަތައް ޝޫޓް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޔޫއްޕެ ބުންޏެވެ.
ތ. ބުރުނީ ގައި ފިލްމުގެ ލަވަތައް ފިޔަވައި ހުރިހައި މަންޒަރެއް ޝޫޓްކޮށްފައިވާއިރު، ލަވަތައް ޝޫޓްކުރަން ނިންމާފައިވަނީ މާލެ އާއި މާލެ ކައިރީ ރަށްތަކުގައި ކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.
‘ފޯރޓީ ޕްލަސް’ ގެ މައިގަނޑު ތަރިންނަކީ ޔޫއްޕެ، ސީޒަން، އަހުމަދު ސައީދު އާއި މުހައްމަދު މަނިކެވެ. މީގެއިތުރުން އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) ފަދަ ތަރިން ވެސް ފެނިގެން ދާނެ އެވެ. މީގެ އިތުރުން ވެސް އަލަށް މިދާއިރާއަށް ނިކުންނަ ޒުވާން ތިން ބަތަލާއިންނާއި ‘ދެވަންސޫރަ’ އިން ފެނިގެންދިޔަ މަރިޔަމް ޝިފާ އާއި އާ ފިރިހެން ތަރިއެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
