ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިޒްގެ “ރާޖާވި ލޯބީގެ ރާނީ” މިމަހު 20 ގައި

ހިތްގައިމު ލިރިކްސްތަކަކާއެކު ސަޅި ލަވަތަކެއް ނެރެމުން އަންނަ ރިޓްޒް ލިރިކްސް އިން “ރާޖާވި ލޯބީގެ ރާނީ” ލަވަ ނެރެން ތައްޔާރުވެއްޖެ އެވެ. މިމަހު 20ވަނަ ދުވަހު ރިލީޒްކުރާ “ރާޖާވި ލޯބީގެ ރާނީ” ދޫކޮށްލާނީ ހިތްގައިމު ވީޑިއޯއެއްގެ ގޮތުގައި ކަމަށް ރިޓްޒް ލިރިކްސް އިން ބުނެއެވެ.

ރިޒްގެ “ރާޖާވި ލޯބީގެ ރާނީ” މިމަހު ވިހީގައި ނެރުމަށް ނިންމާފައިވަނީ ރިޓްޒް ލިރިކްސްގެ ތިންވަނަ އަހަރީ ދުވަހާދިމާކޮށް ކަމަށް ރިޓްޒް ލިރިކްސްގެ ބާނީ އާމިނަތު ރިޒްނީ (ރިޒް) މުނިއަވަސް އަށް ބުންޏެވެ.

ރިޓްޒް ލިރިކްސްގެ ރިޒްގެ ޝާއިރީ ޚިޔާލުތަކުން ކުލަޖައްސާލާފައިވާ “ރާޖާވި ލޯބީގެ ރާނީ” ކިޔާފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ވިދަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އަދި ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ. ލަވައިގެ ވީޑިއޯގައި އެކްޓްކޮށްފައިވަނީ ބޮކިޓޯސްގެ އިތުރުން މި ދާއިރާއަށް އައު މޫނެއް ކަމަށްވާ ޝަހާ އެވެ.

ފިލްމު “އަކޭލޭ ހަމް އަކޭލޭ ތުމް”ގެ ހިތްގައިމު ލަވަތަކުގެ ތެރެއިން “ރާޖާ ކޮ ރާނީ ސެ ޕިޔާރް ހޯގަޔާ” ރާގަށް ހަަދާފައިވާ “ރާޖާވި ލޯބީގެ ރާނީ” ލަވައިގެ ލިރިކްސް އިންވެސް ރިޒްގެ ލިރިކްސްތަކުން ފެންނަ އެންމެ ހިތްގައިމު ސިފަ ފެނިގެންދެއެވެ. ހިންދީ ނުވަތަ އެހެންވެސް ބަހެއްގެ ރާގަކަށް ލަވައެއް ހަދާއިރު، އެ ލަވައިގައި ހުންނަ ލަފުޒުތަކުގެ ވަޒަންތަކާ ފިލިކޯޅިއަށް ވިސްނައިގެން ހަދާފައިވާ މި ލަވައިގެ ލަފުޒުތައްވެސް އަޑުއަހައިލުމުން ހިތުގައި ފަސޭހައިން ބިންވަޅުނެގިގެންދާނެކަން މުނިއަވަސް އަށް ލިބިފައިވާ މި ލަވައިގެ ލިރިކްސް އިންވެސް އެނގެއެވެ.

🎶 ރާޖާ ވި ލޯބީގެ ރާނީ ތިއޭ، ދެވިފާ ނަޒަރުވޭ ފެނިފާ ލޯބިވީ ހިތޭ
ހިތް އަސަރު ލޯބިން ކުރުވީ ކަލާ، ތީރުން ޒަޚަމް މޭޭގަ ރޯވަމުން އަނދާ 🎶

ވީޑިއޯ ލަވަ ޑައިރެކްޓްކޮށް މަންޒަރުތައް ނަގައި އެޑިޓްކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top