ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދަރާ ރަޝީދު ގެ ހިތުގެ މައްސަލަ އަކަށް ފަރުވާ ހޯދުމަށް މިއަދު އިންޑިޔާއަށް ފުރަނީ

މަޝްހޫރު އެކްޓަރ ދަރާ މުޙައްމަދު ރަޝީދު ގެ ހިތުގެ ލޭހޮޅިއެއް ބްލޮކްވެ މައްސަލަޖެހިގެން އިތުރު ފަރުވާ ހޯދުމަށް މިއަދު އިންޑިޔާއަށް ފުރަން އުޅޭކަމުގެ މަޢުލޫމާތު މުނިއަވަސް އަށް ލިބިއްޖެ އެވެ.

ހިތުގެ ލޭހޮޅިއެއްގެ މައްސަލައެއް (ކާޑިއެކް ބްލޮކެއް) އުޅޭތީ މާލެއިން ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ކޮށް މިހާރުވެސް ރަޝީދު ބޭސްކަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. ރަޝީދު އިންޑިޔާ އަށް ދަނީ ހިތުގެ ޓެސްޓެއް ކަމަށްވާ ‘އިންޑިއޯގްރާމް’ އެއް ހެދުމަށެވެ.

ކާޑިއެކް ބްލޮކެއް ހުރުމުގެ ސަބަބުން ހާލަތު ގޯސްވެ ދެފަހަރެއްގެ މަތިން ހުޅުމާލޭ ހޮސްޕިޓަލުގައި ރަޝީދު އެޑްމިޓްކޮށްފައި ވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ރަޝީދު އިންޑިޔާގެ ކޮޗިން އަށް ދަނީ ޢާއިލާ އާއިއެކުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ގިނަ ދިވެހިން ތަކެއްގެ ހިތުން ޖާގަ ހޯދާފައިވާ ރަޝީދު ގެ ހިތުގެ ޓެސްޓެއް ހަދައި އިތުރު ފަރުވާ ހޯދުމަށް އިންޑިޔާ އަށް ދާން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:35 ގައެވެ.

މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން ރަޝީދުގެ ބައްޔަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި މާތްﷲ ގެ ކިބަފުޅަށް ދުޢާ ކުރަމުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top