ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އަދި ޝާނީޒް ޢަލީގެ ’ސެޓަރ ސްޓޫޑިއޯ’ އިން އުފައްދާފައިވާ ސިންގަޅަ ފިލްމު “ކައުޝީ“ މި އަހަރު ޖުލައި މަހު 19 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރަން ނިންމައިފި އެވެ.
“ކައުޝީ“ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.
“ކައުޝީ“އަކީ ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ސިންގަޅަ ބިރުވެރި ފިލްމެވެ. ފިލްމު ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. ފިލްމުގެ މަންޒަރުތައް ނެގީ ޝިވާޒް (މާސްކޭ) އެވެ. ފިލްމު އެޑިޓް ކޮށްފައި ވަނީ ވެސް އަލީ ސީޒަން އެވެ. ފިލްމަށް މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ.
މިއީ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ އިބްރާހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.
މީގެ ތިން އަހަރު ކުރިން މުނިއަވަސް އަށް ސީޒަން ބުނީ ފިލްމުގެ ދިވެހި ވާޝަންއެއް ނެރޭނެ ކަމަށާއި ތާރީޚެއް ހާމަކުރެވޭނީ ލަންކާގައި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފައިނަލް ވުމަށްފަހުގައި ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




