އާނއެކެވެ. އާޝާގެ “ތޫފާނީ އިޝްޤް” ވަރަށްވެސް ހިތްގައިމެވެ. ލަވައަކީ ކޮލިޓީ ވެސް ލަވައެކެވެ. ބޮލީވުޑް ސްޓައިލަށް ލަވައިގެ މަންޒަރުތައް ރާވާލައި ނެށުން ތައްޔާރުކޮށްފައި އޮތުން އެއީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް، 90ގެ އަހަރުތަކުގައި ނެެރެފައިވާ ދިވެހި ފިލްމެއްގައި ހިމެނޭ ދިވެހި އަމިއްލަ ރާގެއްގެ ލަވައެއްގެ މައިގަނޑުން ބަޔަކާ ބެރުގެ ސީކްއެންސްތައް ކޮޕީކޮށްލައިގެން އުފައްދާފައިވާ ލަވައެއް ނެރެ އެ ލަވައިގެ ރާގާއި ޅެން ހެދީ މިވެނި އެވެނި ފަންނާނެކޭ، މިއުޒިކް ހެދީ މިވެނި ފަންނާނެކޭ ބުނެފައި އޮތުމުން އެކަން އެއީ އެހާ ތާކުންތާކު ޖެހޭ ކަމަކަށް ވެޔޭ ދެންނެވޭކަށް ނެތެވެ.
ތ. ހިރިލަންދޫ ޒުވާނުންގެ ޖަމިއްޔާގެ ބޮޑު ހިއްސާއަކާއެކު، ރާއްޖޭގެ މަޝްހޫރު ފަރާތަކުން އުފެއްދި “އަލަތު ލޯބި” ފިލްމުގައި ހިމެނޭ އައިޓަމް ލަވަ، ‘ނިޝާނާ އައި ލަވް ޔޫ’ އަކީ މޮހޮނދޭ އަދި ފީއަލީ ޢަބްދުﷲ ވަހީދު އުފައްދާފައިވާ އަމިއްލަ ރާގެކެވެ. ލަވައިގެ ރާގު އުފައްދާފައިވަނީ އެދުވަސްވަރު ނުކުތް ހިންދީ ފިލްމުތަކުގައި ހިމެނޭ އައިޓަމް ލަވަތަކުގެ ސްޓައިލަށް ވިސްނައިގެންނެވެ.
ކޮންމެއަކަސް، ފިލްމު “އަލަތު ލޯބި” ޑައިރެކްޓްކުރީ ކުރީގެ މަޝްހޫރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އެ ފިލްމު މަތިން ހަނދާންކޮށްދޭ ވަރުގަދަ އައިޓަމް ލަވަ ‘ނިޝާނާ އައި ލަވް ޔޫ’ގެ މިއުޒިކް ތައްޔާރުކުރީ ތ. އަތޮޅު ހިރިލަންދޫގައެވެ. ހިރިލަންދޫ ޒުވާނުންގެ ޖަމިއްޔާގެ މިއުޒިކް ގްރޫޕު މެންބަރުންގެ ލައިވް މިއުޒިކްގައެވެ.
ފިލްމީ ތަރި އާމިނަތު ރަޝްފާ (އާޝާ) ކުޅެފައިވާ އާ ވީޑިއޯ ލަވަ ‘ތޫފާނީ އިޝްގް’ ލަވަ ރިލީޒްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ލަވަ މިވަނީ ހަބޭހަށް ހިޓްވެފައެވެ. ލަވަކިޔުންތެރިޔާ އަޝްފާ ކިޔާފައިވާ ލަވައިގެ ރާގާއި ޅެން ހަދާފައިވަނީ އަޝްފާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ) ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. މިއުޒިކް ހެދީ ބާޗީ ކަމަށްވެސް ބުނެފައިވެއެވެ. މި ލަވަ ޑައިރެކްޓްކުރީ ސޭންޑީ އެވެ.
https://www.youtube.com/watch?v=1jd51rLVmnA
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!