ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފުރޭތަ” އަރާނީ ޑިސެމްބަރުގައި

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ އެކްޝަން ފިލްމު “ފުރޭތަ“ ނެރޭނެ ތާރީޚް އިޢުލާނުކޮށްފި އެވެ. އޮލިމްޕަހުގެ ސްކްރީނުގައި ފިލްމު “ފުރޭތަ“ ދައްކަން ފަށާނީ 04 ޑިސެމްބަރު 2023ން ފެށިގެންނެވެ. މިމަހު 17ގައި ފިލްމުގެ ރަސްމީ ޓީޒާ ނެރޭނެކަމަށްވެސް ޑާކް ރެއިން އިން ބުނެފައިވެ އެވެ.

އަޙްމަދު ޠަލާލްގެ ސްކްރީންޕްލޭއަކަށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު “ފުރޭތަ“އަކީ މިހާތަނަށް ރާއްޖޭގައި ނެރޭ އެންމެ ވަރުގަދަ އެކްޝަން ފިލްމުކަމަށް މަޢުލޫމާތުލިބިފައިވެ އެވެ. އެގޮތުން މި ފިލްމުގައި ވަރުގަދަ ގިނަ ފައިޓްތަކެއްގެ އިތުރުން ބެލުންތެރިން ހައިރާންވާނެ ފަދަ ގިނަ މަންޒަރުތަކެއް ފެނިގެންދާނެ ކަންވެސް މުނިއަވަސްއަށް އެނގިފައިވެއެވެ. ފިލްމުގައި ހިމެނޭ ވަރުގަދަ ފައިޓް ސީންތައް ހަދާފައިވަނީ ރަވީ ފާރޫޤްގެ މޭސްތިރިކަމުގެ ދަށުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ފުރޭތަ“އިގެ ލީޑުން ފެނިގެންދާނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ އެވެ. މީގެ އިތުރުން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ރަވީ ފާރޫޤް، މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން (ރިއްޕެ)، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ، އާދަމް ރިޒްވީ (ރެކްސް) އަދި ޗައިލްޑް އާޓިސްޓް ނީލް އެވެ.

މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށް އެޑިޓްކުރާ މި ފިލްމުގެ މަންޒަރުތައް ކެމެރާކުރަނީ އަޙްމަދު ޒިފާފް އެވެ. ވިޒުއަލް އިފެކްޓް ހަދަނީ ވިޝާލް ޒަކީ އެވެ. ޙުސައިން ތަޢުފީޤްގެ މިއުޒިކުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު، ފިލްމުގެ ކާސްޓުންގެ މޭކަޕްތައްކުރަނީ ޙަސަން އާދަމް އެވެ.

@muniavas

FUREYTHA Trailer Releasing on 17th #fureytha @Dark Rain Entertainment #fvpviral #fyp #foryou #foryoupage #fypシ #viralvideo #maldivestiktok🇲🇻

♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top