ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮމީޑިއަން ޝާހިދު ޙަލީމް ނިޔާވެއްޖެ

ވީޑިއޯގެ ވާތް ފަރާތުގައި ޚަބަރުކިޔަން އެ އިން ޒުވާނާއަކީ ހުނަރުވެރި ކޮމީޑިއަންއެކެވެ. ސްޓޭޖް ޑްރާމާ ކުޅުމަށް މަޝްހޫރުވި ފަންނާނެކެވެ. 1980ގެ އަހަރުތަކުގައި ޓީވީ މޯލްޑިވްސްއިން ގެނެސްދިން މަޝްހޫރު ކޮމެޑީ ސީރީޒް “ބަޚަބަރު”ން ގިނަބައެއްގެ މަޤުބޫލުކަމާއި ލޯބި ހޯއްދެވި އަޙްމަދު ޝާހިދު ޙަލީމް މިއަދު ނިޔާވެއްޖެއެވެ.

24 ސެޕްޓެމްބަރު 1950ގައި އުފަންވެވަޑައިގެންނެވި ޝާހިދު ނިޔާވީ މުސްކުޅި ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 72 އަހަރުގައި އައިޖީއެމް ހޮސްޕިޓަލްގައެވެ. ނިޔާވިއިރު ދުނިޔޭގައި 08 ބޭފުޅުން އެބަ ތިއްބެވިއެވެ.

ޝާހިދު އެންމެ ފުރަތަމަ ތަމްސީލެއްގައި ބައިވެރިވެލެއްވީ ފެންފިޔާޒުގޭގައި އޮތް ކުޑަކުދިންގެ ކުލާހެއްގައި އުޅުއްވަނިކޮށް އެކުލާހުގެ ފަރާތުން ތައްޔާރުކުރި ކުރުކުރު ތަމްސީލްތަކެއްގައެވެ. އޭގެ ފަހުން ތަފާތު އެކި ތަމްސީލްތަކާއި މަޖާ ކޮމެޑީތަކުން ޝާހިދު ފެނިގެން ގޮސްފައިވެއެވެ.

ހެއްވާ މަޖާ ޑްރާމަތަކާއި، ތަމްސީލްތަކުގެ އިތުރުން ޝާހިދު ވަނީ ދިވެހި އަދަބިއްޔާތަށްވެސް ގިނަ ޚިދުމަތްތަކެއްވެސް ކުރައްވާފައެވެ. މިގޮތުން ޅެންވެރިކަމާއި، އަދަބީ އެކި ކަންކަމުގައި ޝާހިދުގެ ބައިވެރިވުން ފެނިގެން ގޮސްފައިވެއެވެ. ތަމްސީލުކުޅުމުގެ ރޮނގުން 1986 ވަނަ އަހަރު އާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ސަރުކާރުން ވަނީ ޝާހިދަށް ދެއްވާފައެވެ.

“ބަހަބަރު”ގެ ކުރިން ޝާހިދު ވަނީ “ކުއްލި ދިއްލުމުގައި ސާހިބުގެ ބުމަރު” ކޮމެޑީގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ޝާހިދާއެކު ކޮމެޑީތަކުގައި ފެނިގެންދިޔަ އާންމުންގެ ގިނަ މަގުބޫލުކަމެއް ހޯދި ފީބޯ އަޙްމަދު މަނިކާއި ކޮއްޔަ ހަސަން މަނިކާއި ކުޑަދޮންވެސް ވަނީ ނިޔާވެފައެވެ.

ޓެލެވިޒަން މޯލްޑިވްސްގައި މިހާރު މަސައްކަތްކުރަމުން އަންނަ ހުނަރުވެރި ޕްރެޒެންޓަރުންގެ ތެރޭގައި މޫސާ ރިޟްވާންއަކީ ސާހިދުގެ ދަރިފުޅެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top