ޕާކިސްތާން ޑްރާމާ ސިލްސިލާ ”ވޯހ ޕާގަލް ސީ“ ދައްކަން ފަށައިފިއެވެ.
ޝާދު ޤުރޭޝީ، ހީރާ ޚާން، އުމަރް ޝެހެޒާދް، ޒުބާބް ރާނާ އަދި ބާބަރް ޢަލީ އިސް ރޯލުތަކުން ފެނިގެންދާ ”ވޯހ ޕާގަލް ސީ“ ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޒާރާ އަޙްމަދު، އިސްމާޢީލް ތާރާ، ޝާޒިއާ ގޯހަރް، އަނަމް ތަންވީރް، އާރްޔަން ޚާން، ފައިސަލް ޝެހެޒާދް އަދި ފަރާ ނަދީމް ފަދަ ތަރިން ހިމެނެއެވެ.
މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ސާރާ ނަމަކަށް ކިޔާ ޒުވާން އަންހެންކުއްޖެއްގެ ޙަޔާތުގެ ވާހަކަ ކިޔައިދޭ ”ވޯހ ޕާގަލް ސީ“ ގައި ލޯތްބާއި، ހިތާމަ އަދި ސަސްޕެންސް ވަރަށް ބޮޑަށް އެކުލެވިގެންވާކަން ޑްރާމާގެ އިސްތިހާރުތަކުން ޔަޤީންކުރެވެއެވެ.
ސާދިއާ އަޚްތަރު ލިޔެ، ސައިދު ފައިސަލް ބުޚާރީ ޑައިރެކްޓްކޮށްފައިވާ ”ވޯހ ޕާގަލް ސީ“ އަކީ ސިކްސް ސިގްމާ ޕްލަސްއިން ޕްރޮޑިއުސްކޮށްފައިވާ އާއިލީ ޑްރާމާއެކެވެ.
އޭއާރްވައި ޑިޖިޓަލްއިން މިރޭ ”ވޯހ ޕާގަލް ސީ“ ދައްކަން ފެށިއިރު، ހަފުތާގެ ހޯމައިން ބުރާސްފައްޗަށް ކޮންމެ ރެޔަކު އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. ރާއްޖެ ގަޑިން ރޭގަނޑު21:00 ގައި ދައްކާ މި ޑްރާމާގެ އެޕިސޯޑްތައް އޭއާރްވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




