ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
މާވެލް ސްޓޫޑިއޯގެ “ލޯކީ” ސީޒަން 2 ގެ ޓްރެއިލާއާއެކު ކާސްޓުން އިއުލާނުކޮށްފި

މާވެލް ސްޓޫޑިއޯއިން އުފައްދާ “ލޯކީ – ސީޒަން 2” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފި އެވެ. މީގެ އިތުރުން “ލޯކީ – ސީޒަން 2” ގައި ހަރަކާތްތެރިވާ އެކްޓަރުންވެސް ވަނީ ހާމަކޮށްފައެވެ.

“ލޯކީ – ސީޒަން 2″ގެ ލީޑް ރޯލުން ފެންނަ ލޯކީ އަކީ ވެސް މިދިޔަ ފަހަރު ލޯކީ ކުޅުނު ޓޮމް ހޮލެންޑް އެވެ. މިއީ މާވެލްގެ އުފެއްދުންތަކަށް ސަޕޯޓްކުރާ ސްޕޯޓަރުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

“ލޯކީ”ގެ ފުރަތަމަ ސީޒަންގައި ދައްކުވައި ދެނީ އޭނާގެ އަމިއްލަ ނަފުސަށް ފެނިގެން އުޅޭ މަންޒަރު ތަކެއެވެ. އަދި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ތޯރއަށް އިތުބާރު ނުކުރެވިގެން އުޅޭ މަންޒަރު ތަކެއެވެ. ރިލީޒްކޮށްފައިވާ “ލޯކީ – ސީޒަން 2″ގެ ޓްރެއިލާއިން ފެންނަނީ ކުރިމަގަށް ދަތުރުކުރެވި، ކުރިއަށް ވާން އޮތް ކަންތައްތަކެއް އެނގިގެން އުޅޭތަނެވެ.

“ލޯކީ – ސީޒަން 2″ން ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި އޮވެން ވެލްސަން : އެޖެންޓް މޮބިއުލްސް، ސޯފިއާ ޑި މަރިތަން ފަދަ ތަރިން ފެންނާނެ އެވެ.

“ލޯކީ – ސީޒަން 1” ނިމިގެން ދިޔައިރު ބެލުންތެރިންގެ ހިތްދަމައިގަންނަ ފަދަ އެތަކެއް ކަންތައްތަކެއް ފެނިގެންދިޔަ ގޮތަށް، “ލޯކީ – ސީޒަން 2″ގައި ވެސް މިކަހަލަ އެތަކެއް ކަމެއް ވާނެ ކަމަށް މާވެލް ސްޓޫޑިޔޯ އިން ހާމަ ކުރެއެވެ.

މިއަހަރަކީ “ލޯކީ”ގެ ފޭނުންނަށް އުފާވެރި އަހަރަކަށް ވެގެންދިއުމަކީވެސް މާވެލްގެ އުއްމީދެއްކަމަށް އެ ސްޓޫޑިއޯއިން ބުނެއެވެ.

https://www.youtube.com/watch?v=Ue9Z3tRDqhM

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top