ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮން އައްޔަގެ ކޮނޑުކަށިގަަނޑުގެ މޭޖާރ ސާރޖަރީއެއް

ފިލްމު “އުދަބާނި 2″ގެ ޝޫޓިންއަށް ރ. މާކުރަތަށް ގޮސް އުޅުމުގެ ތެރޭގައި ސައިކަލް ކަހާލައިގެން ވެއްޓި އެކްޓަރު ޢަލީ އާޒިމް (ދޮން އައްޔަ)ގެ ވާތު ކޮނޑުކަށިގަނޑުގައި ރެނދު އެޅުމުން ލިބުނު ގެއްލުން ހީކުރިވަރަށް ވުރެން ސީރިއަސްވެފައިވާތީ ކޮނޑުކަށިގަނޑުގެ ސާރޖަރީއެއް ކުރުމުގެ މަސައްކަތް މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ފަށައިފިއެވެ. އައްޔަގެ ސާރޖަރީ ފަށާފައިވަނީ މިއަދު 15:00ގައެވެ.

ސާރޖަރީއަށް ވަނުމުގެ ކުރިން މުނިއަވަސްއަށް ދޮން އައްޔަ ބުނީ ސާރޖަރީއަށް ފަހު ދެމަސްދުވަހުގެ ފުލް ބެޑްރެސްޓެއް ނަގަން ޖެހޭކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މުނިއަވަސްއަށް ދޮން އައްޔަ ހިއްސާކޮށްފައިވާ އެކްސްރޭ އިން ފެންނަގޮތުން، އޭނާގެ ވާތްފަރާތު ކޯލާރބޯންގައި ވަރަށް ބޮޑަށް ރެނދުއަޅާފައިވެއެވެ.

ދޮން އައްޔަ ސައިކަލުން ވެއްޓުނީ މިދިޔަ ޖުލައިމަހު 29ވަނަ ދުވަހުގެރޭ ނަތާޝާ ޖަލީލްއާ ދެމީހުން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ.

ދޮން އައްޔައަށް އަނިޔާވެ ބެޑްރެސްޓްގައި އޮންނަން ޖެހިފައިވާއިރު، ފިލްމު “އުދަބާނި 2″ގައި ހިމެނޭ އޭނާގެ މަންޒަރުތައް އަދިވެސް ބާކީ ހުރިކަމަށް ދޮން އައްޔަ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top