ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަ ހުރީ ‘ލީނާ’ ގައި ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި

އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމު ‘ލީނާ’ ގެ ޓައިޓްލް ރޯލު ކުޅެފައިވާ މަރިޔަމް އައްޒަ ހުރީ އެ ފިލްމަށް ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށް އައްޒަ ބުނެފި އެވެ.

ދުވަހު ނޫސް މިހާރު އަށް އައްޒަ ބުނީ އޭނާ ފިލްމްގައި ކުޅުނު ރޯލާ ބެލުންތެރިން ވަރަށް ގަޔާވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

“މީގެ ބޮޑު މާ ޑިޓެއިލްއަކަށް އަދި ދެވޭކަށް ނެތް. އެކަމަކު އޯޑިއަންސް ވަރަށް ލައިކަބަލްވާ ކަހަލަ ރޯލަކަށް އައްޒަގެ ރޯލްވެގެން ދާނީ،” މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނުނު ބަތަލާ ބުންޏެވެ. “އަހަރެން މިހިރީ ހަމަ ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި.”

އައްޒަ ބުނި ގޮތުގައި އެންމެ ބޮޑަށް ބެލީ ޑައިރެކްޓަރު/އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބޭނުންވި ގޮތަށް ހުނަރު ދައްކައިލެވޭތޯ އެވެ.

“ޑައިރެކްޓަރު ބޭނުންވި ގޮތަށް އަހަންނަށް މަސައްކަތް ކުރެވިފައި ހުރި ކަމަށް ގަބޫލު ކުރަނީ. އޭނަގެ ވިޝަން އަށް އަހަރެން ފޯކަސް ކުރީ،” އޭނާ ބުންޏެވެ.

“އަސްލު ވަރަށް ރަނގަޅު އެކްސްޕީރިއަންސެކޭ ބުނެވެނީ މިއީ. ވަރަށް ފަންކޮށް ފިލްމްގެ ޝޫޓިން ކުރިއަށް ދިޔައީ. އެންމެން ވެސް ވަރަށް ގުޅިގެން މަސައްކަތް ކުރީ،” ބިރުވެރި ފިލްމް “4426” އިން ވިދާލި ބަތަލާ އާއި ހަވާލާދީ މިހާރުން ބުނެއެވެ.

‘ލީނާ’ ގެ ކާސްޓުންގެ ތެރޭގައި އަހުމަދު ނިމާލް، ޒީނަތު އައްބާސް އަދި އަހުމަދު ސައީދު ފަދަ ތަޖުރިބާކާރު ތަރިން ހިމެނެ އެވެ. އޭގެ އިތުރުން ޒުވާން ދެ ތަރިން ކަމަށްވާ އަލީ (ދޮންއައްޔަ) އާޒިމާއި ނުޒުހަތު (ނުޒޫ) ޝުއައިބް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top