ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނީނާ” އަށް އެންމެ ބާރުބޮޑުކޮށް އުޅެނީ ހަފުތާ ބަންދުގައި

އޮލިމްޕަސް ސިނަމާ ތެރެއިން ލުއިލުއި ހުނުމުގެ އަޑާއި ބާރު ހިނިގަނޑުގެ އަޑު ގުގުމައެވެ. ހަޅޭއްލަވައިގަންނަ އަޑު އިވެއެވެ. ރުއިމާއި ގިސްޖެހުމުގެ އަޑު އިވެއެވެ. މުޅި ހޯލު އެއްކޮށް ހަނުކޮށް އޮންނަ ހިނދުކޮޅުތައް އާދެއެވެ. މިއީ މިމަހު ހަވަނަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއަކު އޮލިމްޕަސް ސިނަމާ ހޯލުގެ ހާލަތު އޮންނަ ގޮތެވެ. އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ އަސަރުގައި ނުޖެހޭވަރެއް ނޫނެވެ.

ފިލްމު “ނީނާ”ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުން އަންނައިރު، މި ހަފުތާ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ 08:30ގެ ޝޯތައް އެއްކޮށް ފުލްމްވެފައިވާ ކަމަށް އައި ފިލްމްސް އިން ބުނެއެވެ. ހަފުތާ ބަންދާ ދިމާކޮށް “ނީނާ” ބަލަންދާން ބޭނުންވާ މީހުންގެ އަދަދު ގިނަކަމުން ބުރާސްފަތި އަދި ހުކުރުދުވަހުގެ ރޭގަނޑު 11:30އަށް ޝޯތަކެއް އިތުރުކުރަން ޖެހުނީ މި ސަބަބާހުރެ ކަމަށްވެސް ފިލްމު “ނީނާ”ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މިއަދު މުނިއަވަސް އަށް ބުންޏެވެ.

“ރޭގަނޑު 11:30ގެ ޝޯތަކަށް ލިބެމުން އަންނަ ތަރުހީބުވެސް ހަމަ ވަރަށް ރަނގަޅު.

– ފިލްމު “ނީނާ”ގެ ޑައިރެކްޓަރ އިއްލެ

ފިލްމު “ނީނާ”ގެ ޓިކެޓް ހޯދުމަށާއި މައުލޫމާތު ހޯދައި ޓިކެޓް ކަށަވަރުކުރުމުގެ ކަންކަމަށް ހަމަޖައްސާފައިވާ ހޮޓްލައިން އަކީ 7242555 އެވެ. ޓިކެޓް ދޫކުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އޮލިމްޕަހުގައި ހުންނަ ޓިކެޓް ކައުންޓަރުންނެވެ.

ފިލްމީ ދާއިރާއަށް އިލްޔާސް ވަހީދު އެޅި ފުރަތަމަ ފިޔަވަޅުގައި އުފެއްދި ފިލްމު “ބަވަތި” ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ ފިލްމާއި އަޅައި ބަލާއިރު ފިލްމު “ނީނާ” އަކީ އިއްލެގެ ފުރަތަމަ އުފެއްދުމަށްވުރެން ހުރިހާ ގޮތަކުންވެސް މޮޅު، ރީތި މަސައްކަތެއްކަން ފާހަގަކޮށްލެވެ އެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

@

♬ –

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މަޖާ3 އަހަރު ކުރިން

ނީނާއަށް އެންމެ ބާރުބޯޑުވާނީ ރޭގަނޑުކަން އެނގޭ މަމެންނަށް

ލާމޭ3 އަހަރު ކުރިން

ކޮން އިރަކުންހޭ ތި ފިލްމު ލާމުގަ އަޅުވަނީ

ނޫރާ3 އަހަރު ކުރިން

ފިލްމަކީ ވަރަށް ސަޅި ފިލްމެއް. ތި ފިލްމު ބޭރުގެ ފެސްޓިވަލެއްގަ ބައިވެރިކޮށްލަން ފެނޭ. ކީއްވެތަ ރާއްޖޭގެ މިކހަލަ މޮޅު ފިލްމުތައް ނެޓްފްލިކްސް އަށް ނުލަނީ

ލާމު މީހާ3 އަހަރު ކުރިން

ކޮން އިރަކުންތަ ލާމުގަ އަޅުވަނީ

ޖުމް3 އަހަރު ކުރިން

ކީއްވެތަ އަބަދު ނީނާއަކަށް ތި ލިޔަނީ

ޒިޔާ3 އަހަރު ކުރިން

މަ ބޭނުމީ ނީނާއަށް ބާރުބޮޑު ނޫންގަޑިއެއްގަ ދާން

Home
Menu
Search
Back to top