ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު ރިލީޒް ކުރި އެ ސްޓޫޑިއޯގެ ފުރަތަމަ ފިލްމު ’ވަކިން ލޯބިން‘ ގެ ދެވަނަ ބައެއް 2020 ގައި ނެރުމަށް ނިންމާފައިވާކަން ހާމަކޮށްފި އެވެ.
’ވަކިން ލޯބިން‘ ބެލި އެންމެންގެ ދުލުން ފިލްމުގެ މޮޅުކަމުގެ ވާހަކަ ދައްކަމުން ދާއިރު ފިލްމާއިމެދު ބެލުންތެރިން އިތުރު ޝައުގުވެރި ކަމެއް އުފެދޭނެ ޚަބަރެއް ޑާކްރެއިން އިން މިވަނީ ދީފަ އެވެ. ފިލްމްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމްގެ ދެވަނަ ބައެއް 2020 ގައި ގެނެސްދިނުމަށް ނިންމާފައި ވާކަމަށެވެ. މި ފިލްމުގެ ވެސް މައިގަނޑު ކާސްޓުންނަކީ ހަމަ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާގެ އިތުރުން ނުޒޫ އެވެ.
’ވަކިން ލޯބިން‘ އަކީ މޮޅު ފިލްމެއްކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް ބެލުންތެރިންގެ ހިތުގައި ފިލްމު ބެލުމަށްފަހު ވަނީ ބޮޑު ސުވާލެއް އުފެދިފައެވެ. ފިލްމުގައި ނެގެޓިވް ރޯލަކުން ފެނިގެން ދިޔަ ނުޒުހަތު ޝުއައިބުގެ ރޯލުގައި އޭނާ މަރުވީތޯ ނުވަތަ ނޫންތޯ މިއީ ބެލުންތެރިންގެ ހިތުގައި ފިލްމު އުފެއްދި މީހުން ގަސްދުގައި އުފައްދާފައިވާ ސުވާލެއްކަން މިހާރު މިވަނީ އެނގިފައެވެ.
”ފިލްމުގެ ދެވަނަ ބައިން ހަމަ ޔަގީނުންވެސް ނުޒުހަތު އަށް ވީ ގޮތް އެނގިގެންދާނެ“ ފިލްމު ގެ ޕްރޮޑިއުސަރ ބުންޏެވެ.
”ފިލްމުގެ ގެންދާނެ ގޮތް މިހާރު ރާވައިފިން. އަސްލު ފިލްމު ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފި. އެހެންވެ ފިލްމުގެ ދެވަނަ ބައެއް ނެރެން ނިންމީ. މި ބައިން ސުވާލު އުފެދުނު ކަންތައްތައް ދެވަނަ ބައިން ސާފުވެގެންދާނެ،“ މުޙައްމަދު ޢަލީ (މޮގަރ) ބުންޏެވެ.
’ވަކިން ލޯބިން‘ އަކީ ރާއްޖެ ފަދަ ވަރި ގިނަ މުޖުތަމައަކަށް މުހިއްމު މެސެޖެއް ދޫކޮށްލި ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




