ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކީރިތި ޤުރުއާންގެ އެންމެ ފުރަތަމަ އޯޑިއޯ ރެކޯޑިން

މިއީ ހަތް އުޑުމަތިން ބާވައިލެއްވި މާތްﷲގެ ވަޙީ ބަސްފުޅު ކީރިތި ޤުރުއާންގެ އެންމެ ފުރަތަމަ އޯޑިއޯ ރެކޯޑިންގެ ވާހަކައެވެ. ރެކޯޑިން ހެދީ މީލާދީ ސަނަތުން 1885 އަދި ހިޖްރީ ސަނަތުން 1302 ވަނަ އަހަރުގައެވެ. ރެކޯޑިން ހެދީ ނެދަލޭންޑް ނުވަތަ ޑަޗް މީހެއް ކަމަށްވާ ކްރިސްޓިއާން ސްނޯކް ހަރގްރޮންޖޭ އެވެ. އޭނާ އާއްމުކުރި އޯޑިއޯގެ އިތުރުން ހަމަ އެ ދުވަސްވަރު ނަގާފައިވާ ފޮޓޯތަކެއްވެސް ވެއެވެ. ފޮޓޯތަކުން މާތްވެގެންވާ ގެފުޅާއި ޙައްޖުގެ އަޅުކަން އަދާކުރާތަން ފެނެއެވެ. އޭރުގެ ބައެއް އަރަބީން ފެނެއެވެ.

މި އޯޑިއޯ ރެކޯޑިންގައި އިވިގެންދަނީ ސޫރަތުލް ޟުޙާގެ މޫރިތި އާޔަތްތަކެވެ.

ކީރިތި ޤުރުއާންގެ އޯޑިއޯ އަލަށް ރެކޯޑްކުރި ސްނޯކްގެ މަޢުލޫމާތުތަކަކީ ވެސް ޝައުޤުވެރި ވާހަކަތެކެކެވެ. އޭނާއަކީ އެޑްވެންޗަރެއް، އިލްމުވެރިއެއް، އަދި ޖާސޫސެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެއެވެ. ސްނޯކް އާއްމުކޮށްފައިވާ 1885 ވަނަ އަހަރު މައްކާގެ ބައެއް މަންޒަރުތައް ފެންނަ ފޮޓޯތަކާއި އަޑު ރެކޯޑިންތަކުން ސާބިތުކޮށްދިން ފަދައިން، އޭނާއަކީ ވެސް ކުރިއަރާފައިވާ މަލްޓިމީޑިއާ ނޫސްވެރިއެކެވެ.

ސްނޯކްގެ އިތުރުން ވާހަކަތައް އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top