ޝާހް ރުކް ޚާންގެ މެގަ ހިޓް ފިލްމު “ޖަވާން”ގެ އެކްސްޓެންޑެޑް ވާޝަން އޯޓީޓީއަށް ރިލީޒްކުރާނެ ތާރީޚަށް ވަރަށް އިންތިޒާރުކުރެވިއްޖެ ދޯ އެވެ. ހަމަ ގައިމުވެސް ޝާހްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ.
“ޖަވާން” ރިލީޒްކުރަނީ ޝާހް ރުކް ޚާންގެ އުފަން ދުވަސް، 02 ނޮވެމްބަރު ގައެވެ. ވިއްސަކަށް މިނެޓްގެ އިތުރު ބައިތަކާ އެކު މި ފިލްމު ރިލީޒްކުރާ ޕްލެޓްފޯމަކީ ‘ނެޓްފްލިކްސް’ އެވެ. މި ފިލްމު އޮންލައިންކޮށް ރިލީޒް ކުރާނީ ސުޕަސްޓާ އޭނާގެ ފޭނުންނަށް ދޭ ބޮޑު ހަދިޔާއެއްގެ ގޮތުގައެވެ.
މިހާރުވެސް ސިނަމާތަކުގައި ދައްކަމުން އަންނަ “ޖަވާން” ދެއްކުން އޮތީ ކުރިއަށެވެ. ފިލްމު “ގަނަޕަތު” ރިލީޒްކުރަން ދެން މި ފިލްމު ދައްކާނެ އެވެ. މި ފިލްމަށް ފަހު ސަލްމާންގެ “ދިވާލީ 3” ވެސް ދިވާލީ ފެސްޓިވަލްގައި ރިލީޒްކުރާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!