ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. ކަލައިދޫ މަސްޖިދުލް ހުދާ ގޯތިތެރެއިން ދެ ބުދު ފެނިއްޖެ

ލ. ކަލައިދޫ ހުކުރު މިސްކިތް، މަސްޖިދުލް ހުދާ ގެ ޖާގަ އިތުރުކުރުމަށްޓަކައި މިސްކިތު ގޯތި ތެރެ ކޮންނަނިކޮށް ދެ ބުދު ފެނިއްޖެ އެވެ. މި ދެ ބުދު ފެނުނީ މިސްކިތުގެ ދެކުނުފަރާތުގައި ފެންޑާއެއް އިމާރަތްކުރުމަށް ކޮންނަމުންދަނިކޮށެވެ.

ބުދު ދީނުގައި އަޅުކަންކުރަން ގެންގުޅޭ ދެ ބުދު ކަލައިދޫން ފެނިފައިވަނީ މިމަހުގެ 15 ވީ ބުރާސްފަތި ދުވަހު އެވެ. ފެނިފައިވާ ދެ ބުދުގެ ތެރެއިން ކުޑަ ބުދުގައި ގާތްގަނޑަކަށް ހުރީ 08 އިންޗި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ބޮޑު ބުދުގައި 12 ވަރަކަށް އިންޗި ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.

ބުދަށް އަޅުކަން ކުރުމުގެ ދިގު ތާރީޚެއް ކުރިން އޮތް ދިވެހިރާއްޖޭގެ އާޘާރީ ތަންތަނުން ބުދާއި ބުދުގެ ބައިތައް ފެންނަމުންދެއެވެ. ނަމަވެސް މިހާ ރީތިކޮށް، ގެއްލުމެއް ލިބިފައި ނެތް ބުދު ފެނިފައިވަނީ މަދުންކަން ފާހަގަކޮށްލެވެއެވެ.

ލ. ކަލައިދޫން ފެނުނު ދެ ބުދު – ފޮޓޯ: އަލިބެ (ކަލައިދޫ)

ބުުޑިސްޓް އާރޓްވޯރކް ވެބްސައިޓުން ލިބެންހުރި މަޢުލޫމާތަށް ބަލާއިރު ކަލައިދޫން އިއްޔެ ފެނިފައިވަނީ ބުއްދާ، ތަތަގަޓާ، ޔޯރައި BUDDHA, TATHAGATA, NYORAI ގިންތި އަށް ނިސްބަތްވާ ދެ ބުދެވެ. އެއިން އެކައްޗަކީ ސަމަދި ބުއްދާ Samadhi Buddha ގެ ނަމުން ނަންދީފައިވާ ބުދެއް ކަމަށް ޤަބޫލުކުރެވެއެވެ. އޭގެ ތެރެއިން އެއް ބުދަކީ ދިޔާން މުދްރާ Dhyana Mudra (މެޑިޓޭޓް ކުރުމަށް އެއް އަތްތިލަ މަތީގައި އަނެއް އަތްތިލަ ބާއްވައިގެން އިންނަ) ޕޮޮސިޝަން ގައި އިން ބުދެކެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top