ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގއ ވިލިނގިއްޔަށް “ނޮވެމްބަރ” އަންނަނީ ޑިސެމްބަރު 7 އަދި 8 ގައި

ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ލޯބީގެ ފިލްމު “ނޮވެމްބަރ” ގއ. ވިލިނގިލީގައި ދައްކަން ތާވަލްކޮށްފި އެވެ. ވިލިނގިލީގައި “ނޮވެމްބަރ” ދައްކަން ހަމަޖެހިފައިވަނީ ޑިސެމްބަރު 07 އަދި 08 ވަނަ ދުވަހުގެރޭ 08:30ގައެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުން ފިލްމު ބަލައިލަން ބޭނުންވާ ފަރާތްތަކުން ޓިކެޓް ނެގުމަށް 9990156 ނުވަތަ 7766321 އަށް ގުޅައިގެން ކުރިއަށް ދެވޭނެއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ތައުފީޤް ޕްރޮޑިއުސްކޮށްފައިވާ ފިލްމު “ނޮވެމްބަރ” އަކީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ‘ޑްރީމް ޕްރޮޖެކްޓެއް’ ކަމަށް ވުމާއެކު މި ފިލްމު ޝޫޓްކޮށްފައިވަނީ ސިންގަޕޫރުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ބައެއް ސަރަހައްދުތަކުގައެވެ. އެގޮތުން ލ. އަތޮޅު، އައްޑޫ ސިޓީ، ތުލުސްދޫ އަދި މާލޭގައި މި ފިލްމުގެ މަންޒަރުތައް ނަގާފައިވެއެވެ.

🗒️ ސްކްރީންޕްލޭ ލިޔުނީ: ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް

🎬 ޑައިރެކްޓްކުރީ: ޢަލީ ޝިފާޢު (ޗިއްޕެ)

🎬 ކޯ-ޑައިރެކްޓަރ: ޢާއިޝަތު ފުއާދު

📹 ކެމެރާކުރީ: ޢަލީ ޝިފާޢު (ޗިއްޕެ)

✂️ އެޑިޓިންގ: ޢަލީ ޝިފާޢު (ޗިއްޕެ)

🎦 ޕްރޮޑިއުސަރުން: މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު

⭐ މުހިންމު ކާސްޓުން: ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ، އާއިޝަތު ޔާދާ، އައިޝަތު ޢަލީ، އިސްމާއީލް ވަޖީޙް، ތަރީޝް އިސްމާއިލް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top