ވެނިސް ފިލްމް ވީކަށް ދިވެހި ކުރު ފިލްމު ”ރުޤްޔާ“ ހުށައަޅައިފިއެވެ. މި ފިލްމުގެ ޑައިރެކްޓަރ ޢަބްދުﷲ މުއާޒަށް ޓެގްކޮށް ފޭސްބްކްގައި މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު މިއަދު އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ”ރުޤްޔާ (2021) ހުށައަޅައިފިން“ ކަމަށެވެ. އެ ޕޯސްޓަށް ޖަވާބުދެމުން މުއާ ބުނެފައިވަނީ ރަނގަޅުވާނެ ކަމަށް އުއްމީދުކުރަމާ ހިނގާށެވެ.
ވެނިސް ފިލްމް ވީކަކީ އަހަރަކު އެއްފަހަރު ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތުގައި ޢާއްމުކޮށް ފިލްމުހަދާ ފަރާތްތަކުން އުފައްދާ ފިލްމުތައް ދައްކައިލުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.
ކުރު ފިލްމު ”ރުޤްޔާ“ އަކީ ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށް 2021ވަނަ އަހަރު ގެނެސްދިން #ހަތަރުމަންޒަރު ޑްރާމާ ސީރީޒްގެ ދެވަނަ ބައެވެ.
މިއީ މަޝްހޫރު އެކްޓްރެސް މަރްޔަމް އައްޒަ އާއި ޢާއިޝަތު ރިޝްމީގެ ދެބެއިން، މި ޑްރާމާގައިވެސް ދެބެންގެ ގޮތުގައި ފެނިގެންދާ ޑްރާމާއެކެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަޙްމަދު އީސާ (އާނަންދު) އާއި އަޙްމަދު ޝާރިފް ހިމެނޭ މި ޑްރާމާއަކީ ލޮލުން ކަރުނަ ހިލުވައިލާފަދަ ހިތްދަތި މަންޒަރުތަކެއް ދައްކުވައިދޭ މޮޅު ޑްރާމާއެކެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ 2020 ވަނަ އަހަރު ދިވެހި ޢާއިލާއަކަށް ދިމާވި ހިތްދަތި ޙާދިޘާއެއްގެ މައްޗަށެވެ. އެގޮތުން، ފޭކް ރުޤްޔާކުރާ މީހެއްގެ ޝިކާރައަކަށް ޢާއިލާއެއް ވެގެން ދިޔަ ޙަޤީޤީ ޙާދިޘާއެއް ވަރަށް ފެންވަރު ރަނގަޅުކޮށް، އަސްލާއި އެއްގޮތަށް މި ފިލްމުގައި ދައްކައިދީފައިވެއެވެ.
އިންޑިއާގެ ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީއާއި ޔުނިވަރސަލް ފިލްމް މޭކަރސް ކައުންސިލްއާއި ގުޅިގެން ބާއްވާ 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓީވަލް 2023ގައި ވެސް ކުރު ފިލްމު ”ރުޤްޔާ“ ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




