ދިވެހި ޑްރާމާ ސީރީޒް “ހުވާ”ގެ ދެވަނަ ސީޒަންގެ ޝޫޓިންގައި އުޅެނިކޮށް ފިލްމީ ތަރި މަރިޔަމް އައްޒަ ބިންމައްޗަށް ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެ އެވެ.
ފާތިމަތު ނަހުލާ ހޮނިހިރުދުވަހުގެ ރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި ބުނީ އައްޒައަށް އަނިޔާވީ ޑްރާމާގެ މަންޒަރެއް އިއްޔެ ނަގަމުން ދަނިކޮށް ހިނގި އިންސިޑެންޓެއްގައި ކަމަށެވެ. އެ މަންޒަރު ނަގަން އަހުމަދު އީސާ (އާނަންދު) އައްޒަ ކޮށްޕާލި ގަޑީގައި އޭނާ ވެއްޓި، އަނގަމަތި ފަޅައިގެން ދިޔައީ ކަމަށް ނަހުލާ ބުންޏެވެ.
“އެ މަންޒަރުގައި އާނަންދު އައްޒަ ހޫރުވާލި ގަޑީގައި އޭނާ އަނގަވަތަށް ވެއްޓިފައި، އަނގަމަތި ފަޅައިގެން ދިޔައީ،” ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ އައްޒައަށް ފަރުވާދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އައްޒަގެ ތުންފަތް ފަޅައިގެން ގޮސް، ދެ ދަތަކަށް ވެސް އަނިޔާވެފައިވާ ކަމަށް ނަހުލާ ބުންޏެވެ.
ައައްޒައަށް ޙަލި ޝިފާއަކަށް ޢެދެން
