04 ޑިސެމްބަރު 2023 ން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު “ނޮވެމްބަރ“ގެ ހިތްގައިމު ލަވަތައް ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ އާއްމުކުރަން ފަށާފައެވެ. އެގޮތުން ފިލްމުން އިވިގެންދާ ތިން ލަވައެއް މިހައިތަނަށް އާއްމުކޮށްފައިވެއެވެ.
🎵 ސަމުގާ – ސްކައި ރޮކް ބޭންޑް
މޯލްޑިވިއަން އައިޑަލް ގްރޭންޑް ފިނާލޭ ތެރެއިން އިވިގެން ދިޔަ މި ހިތްގައިމު ލަވަ ކިޔާފައިވަނީ މީރާ މުޙައްމަދު މާޖިދު އެވެ. ސަމުގާގެ މިސްރާބުތައް ކިޔައިދޭ ހިތްގައިމު ޅެންވެރިކަމެއް ހިމެނޭ މި ލަވައަކީ ދިވެހީންގެ އަމިއްލަ ރާގެއްގެ ލަވައެކެވެ. ލިރިކްޒް ހެދީ އީސަ އެވެ.
🎵 މޫސުމް – އޮރިޖިނަލް ސައުންޑް ޓްރެކް
ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާ އެވެ. ޝަމްޢޫން މުޙައްމަދުގެ ޅެންވެރިކަމާއި ރާގު ހިމެނޭ މި ލަވައިގެ މިއުޒިކް ހެދީ ހުސައިން ތަޢުފީޤެވެ.
🎵 އިންތިޒާރޭ – އޮރިޖިނަލް ސައުންޑް ޓްރެކް
މިއީ އިކްއިޓިކް ވައިބްގެ ލަވައެކެވެ. މި ލަވަ ކިޔާފައި ވަނީ އެ ބޭންޑްގެ ލީޑް ވޯކަލިސްޓް ޝައްމޫނެވެ.
މި ހުރިހައި ލަވަތަކުންވެސް ފިލްމުން ފެނިގެންދާ ހިތްގައިމު މަންޒަރުތަކުގެ މިންވަރެއް ފެނިގެންދެއެވެ. އެގޮތުން ސިންގަޕޫރު، ލާާމު، އައްޑޫގެ މަންޒަރުތައް ފާހަގަކޮށްލެވެއެވެ.
ފިލްމު “ނޮވެމްބަރ“ގެ ޝޯތައް އޮލިމްޕަހުގައި ކުރިއަށްދާއިރު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ނޮވެމްބަރު ދައްކަން ފަށާފައިވެއެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާފައިވާ ފިލްމު “ނޮވެމްބަރ“ ވެގެން މިދަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ އެއަރލައިނެއްގެ އިންފްލައިޓް އެންޓަޓެއިންމަންޓް ލިސްޓެއްގައި ހިމެނިގެންދާ ދިވެހި ފިލްމުގެ ގޮތުގައެވެ. ރަޝިޔާ ބަހުން ޑަބްކޮށް, އެއަރ އަސްޓާނާގައި, މިއަންނަ ޖެނުއަރީން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް, މި ފިލްމު ދައްކަމުންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




