ކުޑަކުދިންނަށް ހާއްސަކޮށްގެން ކޮޕީ އިސްމާއިލް ރަޝީދު، އަހުމަދު ޒިޔާ އަދި މުހައްމަދު ރިފްއަތު ޕްރޮޑިއުސްކުރި ފިލްމު ’ކަނޑު އިބްލީސް‘ ގެ ޓްރެއިލަރ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރިލީޒް ކޮށްފި އެވެ. ޓްރެއިލާ ލޯންޗްކޮށްދިނީ މަޝްހޫރު ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އެވެ.
ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ ކުޅުދުއްފުށީގަ އެވެ.
“އިރާދަކުރެއްވިއްޔާ މި ފިލްމު ވާނީ ހަމަ ވަރަށް އެންޓަޓެއިނިން، ވަރަށް ކަމުދާ މޮޅު ފިލްމަކަށް.” ފިލްމު ގެ އެއް ޕްރޮޑިއުސަރ ކޮޕީ އިއްސެ ބުންޏެވެ. އިއްސެ އިތުރަށް ބުނީ ފިލްމުގެ ‘ގްރޭންޑް ޕްރިމިއާ’ އެއް ކުޅުދުއްފުށީގައި ބޭއްވުމަށް ދޮޅުމަސް ދުވަސްތެރޭގައި އެރަށަށް ދާނެ ކަމަށެވެ. މި ފިލްމު ރަސްމީކޮށް ރިލީޒް ކުރަނީ ކުޅުދުއްފުށީގަ އެވެ.
ކޮޕީ އިއްސެ ގެ ބައްޕަ، ކޮޕީ މުޙައްމަދު ރަޝީދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ‘ކަނޑު އިބްލީސް’ ގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. މީގެ އިތުރަށް ކުޅުއްދުއްފުށީގެ ކުދިންނާއި ބޮޑެތި މީހުން މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މޭކަޕް ކެމެރާގެ މަސައްކަތް ދަބާ ކޮށްދީފައިވާއިރު، އެޑިޓިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޒިޔާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




