ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމީ ތަރި ޝާކިރުބެ ނިޔާވެއްޖެ

ނުވަ ދިހައިގެ އަހަރުތަކުން ފެށިގެން ފިލްމުތަކާއި ޑްރާމާތަކުގައި އެންމެ ހިނގާ އަދި އޭރުން ފެށިގެން މީހުންގެ ލޯތްބާއި ރުހުން ލިބިފައިވާ ހުނަރުވެރި ފިލްމީ ތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) މިރޭ އިރާކޮޅުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ. ޝާކިރުބެ ނިޔާވީ ބަލިވެ އުޅުއްވުމަށްފަހުގައި ކަމަށް މަޢުލޫމާތުލިބެއެވެ.

ޝާކިރުބެއަކީ އަބަދުވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންފުޅުވި ބޭފުޅެކެވެ. އޭނާ ކުޅުއްވި ހުރިހާ ފިލްމެއް އަދިވެސް ޑްރާމާ އެއް ވެސް ކުޅުއްވީ ވަރަށް ޝައުގުވެރިވެ ވަޑައިގެން ވަރަށް ބޮޑަށް އެކަން ކުރައްވަން ބޭނުންފުޅު ވެގެނެވެ.

ދައުލަތުގެ ޓީވީ، ޓެލެވިޛަން މޯލްޑިވްސްގައި ވެސް ޝާކިރުބެ ވަޒީފާއަދާކުރައްވާފައިވެއެވެ. ޤައުމީ ޚިދުމަތުގައި38 އަހަރު ޝާކިރުބެ ހޭދަކުރެއްވި އެވެ.

ސާޅީހަށް ވުރެން ގިނަ ޑްރާމާ އަދި ދިހައެކާ ގާތްކުރާ އަދަދަކަށް ޝާކިރުބެ ފިލްމު ކުޅުއްވާފައިވެއެވެ.

ޝާކިރުބެގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ.

އާމީން

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top