ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަހަރެންގެ އަޒުމު – ޅެން

ޤައުމީ ގަހުން މި ބިމުގައި ކުރިތައް ފަޅައި ހެދޭއިރު

ގައުކަން ފިލައި އެ ދާހެން ފެންދޭން މަ ވެސް އުޅޭނަން

 

​މިނިވަން މި ދީބުގައިވާ ދިދަތައް ވިހުރި ހަދާއިރު

​​​​​ހިނިތުންވެ އެކުއެކީގައި އުދުހެން މަ ވެސް އުޅޭނަން

​

މިނިވަން ކަމާ ސިޔާދަތު ރައްކާކުރަން ބަލާއިރު

​​​​​ފިނިކަން ހިތަށް ލިބޭހެން ހިއްވަރު މަ ވެސް ކުރާނަން

​

ޖާހިލުކަމާއި ޝިރުކުން އުއްމަތް ނަޖާ ކުރާއިރު

​​​​​ފާހިޝް އަމަލުތަކުން ރެކި ތެދުމަގު މަ ވެސް ހިފާނަން

​

ތަހުޒީބު މުޖުތަމަޢަކަށް އެންމެންގެ ހިތް ލެނބޭއިރު

​​​​​ވަހުތާނަކަށް ނުވާހެން ސާބިތު މަ ވެސް ވެދާނަން​

​

ތަރުބިއްޔަތުން މި ޖީލުގެ ވަސް މީރުވާން އެދޭއިރު

​​​​​ވަރުބަލިކަމެއް ނުދައްކައި ޚިދުމަތް މަ ވެސް ކުރާނަން

​

ޤައުމުގެ ސަލާމަތާ މެދު ކަންބޮޑުވެ އިސް ނަގާއިރު

​​​​​ކައުނުން އެކަން ނުދޭތޯ ފިކުރެއް މަ ވެސް ކުރާނަން

 

ބަތަލުން މި ބިން ޙިމާޔަތް ކޮށްދޭން ނިކުމެ އުޅޭއިރު

​​​​​ވަތަނުގެ ސަލާމަތަށް އެދި ޚަންޖަރު މަ ވެސް ޖަހާނަން

​

ދައުރުން މި ހިތް ފުރޭހާ ޚިދުމަތް ދެމުން އެ ދާއިރު

​​​​​ފައުޅާއި ސިއްރުގައި ވެސް ހެޔޮބަސް މަ ވެސް ބުނާނަން


25
ފެބުރުވަރީ 2024

މިވެސް ކިޔާލަން:  ދިވެހިން ކުރާނެ ކުށްވެރި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top