ފިލްމު ”ބައިވެރިޔާ“، ”ނޯޓީ ފޯރޓީ“، ”ފޯރޓީ ޕްލަސް“’ ”ހެހެސް“، ”ޖޯކަރު“ ފަދަ ފިލްމުތަކެއް ގެނެސްދީފައިވާ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ’ޝައި ޕްރޮޑަކްޝަން‘ އިން ބިރުވެރި ފިލްމެއް ތައްޔާރުކޮށް އެ ފިލްމުގެ ޓީޒާއާއެކު ފިލްމު ރިލިޒްކުރާނެ ތާރީޚް އިއުލާނުކޮށްފިއެވެ.
ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤުގެ ’ޝައި ޕްރޮޑަކްޝަން‘ އިން މިފަހަރު ގެނެސްދެނީ ”ސާޔާ“ އެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވާ ތާރީޚަކީ 07 އޯގަސްޓް2024 އެވެ.
ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެޑައިރެކްޓްކޮށް ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވާ މިފިލްމުގައި ޔޫއްޕެ ވެސް ހާއްސަ ރޯލަކުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ކުޅަދާނަ އެކްޓްރެސް އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި މުހައްމަދު މަނިކާއި އަހްމަދު ނިމާލްގެ ކުޅަދާނަ އެކްޓިންގ ވެސް މި ފިލްމުން ފެންނާނެ ކަަމަށް އެ ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.
ފިލްމުގެ މަންޒަރުތައް ކެމެރާކުރީ މަޝްހޫރު ކެމެރާމަން މާސްކޭ އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.
@muniavas Feature Film SAAYA ސާޔާ by @Shy Production mv @eupeonline Releasing on 07th August 2024 #dhivehifilm #Saaya #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #maldivestiktok #dhivehisong #muniavasnews #fvpシ💕for #muniavas #fyp ♬ Jekasoro – Anni3
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!





[…] Muniavas DheliNoos […]