ދަރާ ރަޝީދު އަދި އާޝާ ކައިވެނީގެ ގޮށުން ބަނދެވިއްޖެކަން އެނގުމުން ދިވެހީންގެ މީސްމީޑިއާގައި ފަތުއަޑުކިޔާފައި ލައްކަ ވާހަކަތައް ފެތުރުނެވެ. ބައެއް ކުދިންކުދިން މަޖަލަކަށް ހަދާފައި ނަމަވެސް ލައްފިލުވާ ބޯން އުޅޭ ވާހަކަވެސް ދެއްކިއެވެ. ދަރާއަށާއި އާޝާއަށް ނުގޮވާކަށް އެއްޗެއްވެސް ނެތެވެ. ކަން މިހެން އޮތް އިރު ދަރާބެގެ އަނބިންގެ ލިސްޓަށް މިވަނީ ނަތާނެ ނަން ވެސް އިތުރުފައެވެ.
މަޝްހޫރު އަދި “ހޮޓް” އެކްޓްރެސް ނަތާޝާ ޖަލީލް އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އާ ދަތުރުގައި ބާރާއި އެއްބައިވަންތަކަން ބަލައިގަންނަ ކަމަށާ އެންމެންނަށް އިންސާފުވެރިކަމާއި ލޯބި ލިބުމަށް އެދޭ ކަމަށާއި އަދި ދޮށީ އަނބިމީހާގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލުމަށް އެދޭ ކަމަށެވެ.
އާޝާގެ މީސްމީޑިއާގައި އާއްމުކުރި ޕޯސްޓާއި ގުޅިގެން މިއީ ކޮންފަދަ ކަމެއްގެ އަލާމާތެއްބާއޭ ކިޔައި ކޮމެންޓްތައް ކުރި ފަރާތްތަކަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔަ އަނެއް ޚަބަރަކަށް މިވީ ނަތާ އާއްމުކުރި ޚަބަރެވެ. ދަރާގެ ދޮށީ އަނތްބަކީ ނަތާ ކަމަށް ބުނެ އާއްމުކުރި ޕޯސްޓު ޝެއާކުރަމުން ބައެއް ފިލްމީ ފަންނާނުން މަރުހަބާވެސް ކިޔާފައިވެއެވެ. ވެގެން އުޅޭގޮތް ސާފުވެފައި އޮތަސް މި ޕޯސްޓް ވެސް ފަތުއަޑުކިޔާފައި އާއްމުވަމުން އަންނަ ކަމީ ހަމަ ގައިމުވެސް ދިވެހި ފިލްމު ”ކަމަނާ“ގެ ޕްރޮޑިއުސަރުން ހިތްހަމަޖެހޭނެ ކަމެކެވެ.
ފިލްމު ”ކަމަނާ“ ޕްރޮމޯޓްކުރުމަށް ޖެއްސި ސްޓަންޓް ކިތަންމެހާވެސް ކާމިޔާބުވެއްޖެ ކަން ނޫސްތަކުގައި ޖަހާފައި ހުރި ޚަބަރުތަކުން ފެނިގެންދެއެވެ. މީގެ އިތުރުން މުނިއަވަސް އޮންލައިންގައި ޖެހި ޚަބަރުގެ އޯޑިއޯ ވާރޝަންއެއް މުނިއަވަސް ޓިކްޓޮކްގައި ހިއްސާކޮށްފައިވާ އިރު، މި ވީޑިއޯއަށް 21ގަޑިއިރު ތެރޭގައި 42 ހާހަށް ވުރެން ގިނަ ވިއުޒް ލިބި ހާހަކަށްވުރެން ގިނަ ލައިކް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.
ކިޑް ޕްރޮޑަކްޝަން އަދި ސެޓާރން ސްޓޫޑިއޯގެ ފިލްމު ”ކަމަނާ“ ޕްރިމިއާކުރާނީ 27 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




