ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ފިލްމު “ބަވަތި”، “ނީނާ”، “ކަންބަޅި” ގެނެސްދިން އައިފިލްސް އަދި ކްރައިމް ތުރިލާ “ދަރަކަ” އަދި ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ” ގެނެސްދިން ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭ އެކްޝަން ތުރިލާ “ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިއަދު އާއްމުކޮށްފި އެވެ.

ކޮލިޓީ އަދި ތަފާތު އުފެއްދުންތަކެއް ގެނެސްދީފައިވާ އައިފިލްމްސް އަދި ކަޒްމިކް އިންޓަނޭޝަނަލްގެ ފިލްމު “ދޭދަރު ރުއިން” ރިލީޒްކުރަން ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2024ގައެވެ. 

މި ފިލްމު ލިޔެ ޑައިރެކްޓްކުރަނީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ އައްޒާމް އެވެ.

އެކްޝަން ތުރިލާ “ދޭދަރު ރުއިން” ފިލްމުގެ މައިގަނޑު ތަރިންނަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޝަރަފުއްދީން ޢަބްދު (ޝަރަފް)ގެ އިތުރުން ‏ފާޠިމަތު މައިހާ އާދަމް ޒާހިރު އެވެ. މީގެ އިތުރުން ނޭޕާލު އަންހެން ކުއްޖެއްކަމަށްވާ ޝުޝްމާ ވެސް މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top