މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމު “ގެއްލުނު ރޭ” ރިލީޒްކޮށްފި އެވެ. އޮލިމްޕަހުގައި ބޭއްވި ރަތް ދޫލަ ހަފުލާއެއްގައި މި ފިލްމު ރިލީޒްކުރީ ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނަސީމް އެވެ.
ހައުސްފުލް ޝޯއަކާއެކު ރިލީޒްކުރެވުނު ފިލްމު “ގެއްލުނު ރޭ”ގެ ކާސްޓްގައި ހިމެނެނީ މުހައްމަދު މަނިކު، އައިމިނަތު ޝުހާ، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް ޝިފާ، މަރިޔަމް ހަލީމް އަދި އަލަށް ތައާރަފުކުރާ ކުޑަކުއްޖެއް ކަމަށްވާ ކައުސަރު އެވެ.
ފިލްމު “ގެއްލުނު ރޭ” ޕްރޮޑިއުސްކޮށްފައިވަނީ ހަސަންގެ ދަރިފުޅު އަންދަލާ ހަލީމް (އަންޏަ) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ރިޝްތާ އެވެ.
“ގެއްލުނު ރޭ”ގެ ޓިކެޓް ހޯދުމަށް 7662021 އަށް ގުޅުމަށް ކޮކޯ ސްޓޫޑިއޯއިން އެދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!