ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި

މިމަހު 17 ވަނަ ދުވަހު ޝޫޓިން ފަށާފައިވާ ނަހޫގެ ފިލްމު “ސޮރީ”ގެ ޝޫޓިން ފެށިތާ ސައުވީސްގަޑި އިރުވެސް ނުވަނީސް މި ފިލްމުގެ ލީޑް މަރިޔަމް އައްޒަ ޕްރެގްވެއްޖެ ކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފިއެވެ.

އެއް ލައްކަ ދިހަހާށްވުރެން ގިނަ މީހުން ފޮލޯކުރަމުން އަންނަ އައްޒަގެ އިންސްްޓްގްރާމަށް ދޫކޮށްލާފައިވާ ސްޓޯރީގައި ފެނިގެންދަނީ ޕްރެގްނެންސީ ޓެސްޓްކުރާ ކިޓެއް ހިފަހަހައްޓައިގެން އައްޒަ ހުންނަ ތަނެވެ. އެ ކިޓުން ރަތް ދެ ރޮނގުކޮޅު ދައްކައިލަމުން ޕޯސްޓްގެ ތިރީގައި ލިޔެލާފައިވަނީ “އައޭމް ސޮރީ” އެވެ. މި ޕޯސްޓް އައްޒަގެ ފޭސްބްކް ފޭނުން ހިމެނޭ ޕޭޖަށް ޓެގްކޮށް ނަހޫ ބުނެފައިވަނީ:-

“ދެން ކިހިނެއް ހަަނދާނީ؟،

އެނީވޭ ކޮންގްރެޖްލޭޝަންސް!”

* ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ (ނަހޫ)

އައްޒަ އަދި ނަހޫ އާއްމުކޮށްފައިވާ މި ޕޯސްޓަށް ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އައްޒައަށް އެތަކެއް ބަޔަކު މަރުހަބާ ކިޔަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ނަހޫގެ ފިލްމުގެ ޕްރޮމޯޝަން ސްޓަންޓެއް ކަމަށެވެ.

ނަހޫ އަދި ރަވީ ޑައިރެކްޓްކުރާ މި ފިލްމުެ ލީޑްގައި ހަރަކާތްތެރިވަނީ މަރްޔަމް އައްޒަ އަދި މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) މީގެ އިތުރުން މި ފިލްމުގެ ވަރަށް ބޮޑު ރޯލަކުން ނަހުލާގެ ހަގު އަންހެން ދަރިފުޅުގެ އިތުރުން ނާޝްގެ ދަރިފުޅުވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމުގެ ލީޑުން އިތުރު ބައެއް ތަރިންތައްވެސް ފެނިގެންދާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ބަލާ މީހާ1 އަހަރު ކުރިން

ކޮބާހޭ ހުވާގެއަނެއް ބައި..އެކަތި ނުނިމެނީސް އަނެއްކާ އަނެކަތި....�����

ފަހުގެ ޚަބަރު
އެ އަޑު – ފުރަތަމަ ބައި
3 ގަޑިއިރު ކުރިން
ސީމޫރު ގަބީލާ
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top