މަނިކް އާޓްސް އިން ފިޠުރު ޢީދު ދުވަހު ނެރުމަށް ތައްޔާރުވަމުން އަންނަ ލަވައިގެ ޕޯސްޓަރު އަދި ޓްރެއިލާ ރިލީޒްކޮށްފި އެވެ. މިފަހަރު މަނިކް އާޓްސް އިން ނެރެނީ “ކަޅިރަވައިގެ ޖާދޫ” އެވެ.
“ކަޅިރަވައިގެ ޖާދޫ” ގައި ހަރަކާތްތެރިވަނީ ޑޯރާ އަދި އިރޭ އެވެ. ލަވައިގެ ޅެން އަދި ލަވަ ކިޔާފައިވަނީ އަޙްމަދު އިސްމާޢީލް އެވެ. ލަވައިގެ ޑައިރެކްޝަން އަދި ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ މަނިކް އާޓްސް އިންނެވެ.
“ކަޅިރަވައިގެ ޖާދޫ” ގައި ހަރަކާތްތެރިވާ ޑޯރާ އަކީ ދިވެހި ފިލްމީ ދާއިރާގައި ބައެއް ފިލްމީ އުފެއްދުންތަކުންނާއި ބައެއް ވީޑިއޯ ލަވަތަކުންވެސް ފެންނަ ޒުވާން ފަންނާނެކެވެ. އިރޭ އަކީ މި ދާއިރާއަށް އަލަށް ތަޢާރަފުކުރާ ފަންނާނެއް ކަމަށް މަނިކް އާޓްސް އިން ބުނެއެވެ.
“ލަވައިގެ ޝޫޓިން ހެދީ މާލެ އަދި ހުޅުމާލޭގަ. ލަވަ ނިންމާލަން ފަސްދުވަސް ހޭދަވި.
ކުރިން ނެރުނު ލަވަތަކަށް ބެލުންތެރިންނާ ހެޔޮއެދޭ ފަންނާނުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލާފަ ލަވަ ޓެކްނިކަލީވެސް ވަރަށް ބޮޑަށް ރަނގަޅުކުރަން މަސައްކަތްކޮށްފަ ހުންނާނެ.”
* މަނިކް އާޓްސް
ލަވައިގެ ޓްރެއިލާ ފޭސްބްކް މެދުވެރިކޮށް ދޫކޮށްލާފައިވާއިރު އެ ޓްރެއިލާއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށާ ލަވަ ނެރޭނެ އިރެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިކަމަށްވެސް މަނިކް އާޓްސްއިން ބުންޏެވެ.
ލަވައިގެ މިއުޒިކް އަދި މިކްސިން ހެދީ ލީފް ސްޓޫޑިއޯއިންނެވެ.
@muniavas Kalhiravaige Jaadhoo – by @ManikARTS ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!