މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ފާޠުމަތު ނަހުލާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމް “ސޮރީ“ގެ ރަސްމީ ޕޯސްޓަރާއި ފިލްމުގެ ބައެއް ލަވަތައް ނެރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ފިލްމުގެ ޓީމުން މަސައްކަތް ފަށައިފިއެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 08 ދުވަހު ކަމަށް ފިލްމް “ސޮރީ“ގެ ފޭސްބްކް ޕޭޖުން ބުނެފައިވެއެވެ.
“މި ރަސްމިއްޔާތު އޮންނާނީ 08 އޭޕްރީލް ދުވަހުގެ ރޭ 09:00ގަ ސޯޝަލް ސެންޓަރ ބޭރުގަ. އެންމެނަށް މި އިވެންޓްގަ ބައިވެރިވުމުގެ ފުރުޞަތު ދޭން ވެގެން މިހެން ހަދަނީ.”
* ފިލްމު “ސޮރީ”ގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ނަހުލާ
2025 ޖޫން 17ވަނަ ދުވަހުގެ ރޭ ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ނިމިފައިވާއިރު ފިލްމުގެ ލަވައެއް ކުޅުމަށް ތުއްތުކުދިންތަކެއް ހޯދުމަށް މިދިޔަ ހަފުތާގައި ފިލްމުގެ ޕޭޖުން އިޢުލާނުކޮށްފައިވެއެވެ.
“ސޮރީ“ އަކީވެސް ޔޫއްޕެ އަދި އައްޒަގެ ޖޯޑު ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން އާނަންދު އަދި ޝިޔާ މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ފިލްމުގެ އާއްމުކޮށްފައިވާ ޕޯސްޓަރުން އެ ފެންނަ ނަހޫގެ ނާޝްގެ ޅަދުވަސްތައް އަލުން ހަނދާނަށް ގެނެސްދޭނެ ދެބެއިންގެ ހުނަރުވެރި އެކްޓިންވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!