ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި

މިމަހު 17 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ ދިވެހި ފިލްމު “ސޮރީ”އަށް މިހައިތަނަށް ލިބިފައިވާ ކާމިޔާބު ފާހަގަކުރުމަށް ވަރުގަދަ އިވެންޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި އިވެންޓް އޮންނާނީ މިމަހު 13ވާ ހުކުރު ދުވަހުގެ ރޭ 0900ގައެވެ.

ފިލްމު “ސޮރީ”ގެ ޕްރޮޑަކްޝަން ޓީމުން ބުނީ މި އިވެންޓްގައި ފިލްމުގެ ބިހައިންޑް ދަ ސީން (ފިލްމު މޭކިން ވީޑިއޯ)ގެ ސީރީޒް ރިލީޒްކުރުމާއި، ފިލްމުގެ ރަސްމީ ތީމް ލަވަ ރިލީޒްކުރާނެ ކަމަށެވެ. މީގެ އިތުރުން ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމު “4426” ވެސް ދައްކާނެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި އިވެންޓަކީ ޝައުޤުވެރި ކަންތައްތަކެއް ހުރި އިވެންޓެއްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top