އައިފިލްމްސް އިން މިހާރު އުފައްދަމުން އަންނަ ފިލްމު “ލޯބިން…؟” ރިލީޒްކުރާނެ ތާރީޚާއެކު ފިލްމުގެ ފަސްޓް ލުކެއް އާއްމުކޮށްފިއެވެ. މި ފިލްމު ރިލީޒްކުރުމަށް ތާވަލްކޮށްފައިވަނީ 2025 އޯގަސްޓް 06ވަނަ ދުވަހުގެ ރެޔަށެވެ.
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ “ލޯބިން…؟”ގެ ފަސްޓުލުކުން ފިލްމުގެ ލީޑް ކެރެކްޓާތައް ނިކަން ލޯބިން އުޅޭ މަންޒަރުތަކެއް ފެނިގެންދެއެވެ. މީގެ އިތުރުން އަނިޔާ އާއި ހިތާމަ ފަދަ މަންޒަރުތަކެއްވެސް ފެނިގެންދެއެވެ.
@ifilmsmv ✨ First Look Reveal ✨ Here’s your very first glimpse into the world of #LoabinTheMovie A story of love, heartbreak, and everything in between. Are you ready to experience Loabin…? 🎬 Stay tuned — this is just the beginning. Releasing August 6th #teamifilmsmv #loabinthemovie @Ruthba Ahmed @Nuzhath Shuaib @Ahmed Ifnaz Firag @Thaathi Adam @emerdredey @MUNIAVAS @oivarumv #FirstLook #ComingThisAugust ♬ original sound – I Films mv
ފިލްމުގެ މަންޒަރުތަކެއް ފުރަތަމަ ފަހަރަށް ދައްކައިލަމުން މި ފިލްމުގެ ކުރު ސިނޮޕްސިސްއެއް ވެސް އައިފިލްމްސް އިން މީޑިއާތަކާ ހިއްސާކުރިއެވެ.
“ލޯބިން…؟” އަކީ އެންމެ އަނދިރި ޖާގަތަކުގައި ތަޖުރިބާކުރާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ ލޯބީގެ ދިލްކަޝް ޑްރާމާއެކެވެ.
މަޖުބުރީ ހާލަތްތަކެއްގެ ސަބަބުން ހަށިވިއްކުމަށް މަޖުބޫރުވެފައިވާ ޒުވާން އަންހެނެއްގެ އަގު ޙަޤީޤަތުގައި ވަޒަންކުރާ ފިރިހެނަކާ ބައްދަލުވުމުން ހީވެސް ނުކުރާ ލޯތްބެއް، އެ ދެމީހުންގެ ދެމެދުގައި ފޮޅެން ފަށައެވެ. ނަމަވެސް ފައިސަލާ (ޙުކުމް)، ސިއްރުތަކާއި އަދި ދިރިތިބުމަށް ކުރާ މަސައްކަތުގެ ނަތީޖާއިން އެ ލޯބި ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟”
– “ލޯބިން…؟” ފިލްމުގެ ކުރު ސިނޮޕްސިސް
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން” ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.
މިއީ ‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ ފިލްމެކެވެ.
